ފަހަތުން އަރައި ފީއަލި ބަލިކޮށް މަގޫދޫއިން ގޯލްޑަން ފުޓްސަލް މުބާރަތުގެ ފެށުން ރަނގަޅުކޮށްފި

މުބާރާތުގައި ބައިވެރިވާ މަގޫދޫގެ ޓީމު؛ ފޮޓޯ: އިމޭޖެސް.އެމް.ވީ

08 ޖެނުއަރީ 2025 - 04:02
ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު ރައުންޑުގައި 2023 ވަނަ އަހަރުގެ ފ. އަތޮޅު ޗެންޕިއަން މަގޫދޫއިން ފެށުން ރަނގަޅުކޮށްފިއެވެ. އެގޮތުން މައޫދޫ އިން ވަނީ ފީއަލީ 2 ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3 ގޯލުޖަހާފައެވެ.
މެޗުފެށިގެން މުޅިމެޗު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް މަގޫދޫ ޓީމުން ފޮނުވާލާފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގެ 6 ވަނަ މިނެޓާއި 7 ވަނަ މިނެޓުގައި އަސްއަދުއަށް ހުސްކޮށްލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ. އަދި އޭގެ މިނެޓެއްފަހުންވެސް އަސްއަދު އަށް ވަނީ ވަރަށް ހުސްފުރުސަތެއް ލިބިފައެވެ. ނަމަވެސް ފީއަލީ ޓީމުން ވަނީ ގޯލަށް އަމާޒުކޮށްގެން ފުރަތަމަ ފޮނުވާލި ހަމަލާ އިން ގޯލު ކާމިޔާބުކޮށްފައެވެ. މިގޯލު ކާމިޔާބުކޮށްދިނީ ޒިޔާން ހަސަން އެވެ.
މެޗުގެ ތެރެއިން ފުރުޤާން ބޯޅަ ހިފައިގެން. ފޮޓޯ: އިމޭޖެސް.އެމް.ވީ
ނަމަވެސް މަގޫދޫ ޓީމުން ވަނީ ހިތްވަރު ދޫނުކޮށް ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ފަހުވަގުތުގައި މިނެޓުގައި އައްމާރުއަށް ހުސްކޮށްލިބުނު ބޯޅަ ވަނީ ފީއަލީގެ ޑިފެންޑަރުން މަތަކޮށްފައެވެ. އަދި އޭގެ މިނެޓުގައި މާހިލް އަށް ހުސްކޮށް ލިބުނު ހުސް ފުރުސަތު ވަނީ ބޭކާރުވެފައެވެ. އަދި ފަހު ސިކުންތުގައި އައްމާރު އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަވެސް ވަނީ ބޭނުންކުރެވޭގޮތް ނުވެފައެވެ.
މަގޫދޫ ޓީމުގެ އެންމެ މޮޅުއެއް ކުޅުންތެރިޔާ ޖަޒްލާން (ޖަޒޭ) ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ
ދެވަނަ ހާފުގެ 6 މިނެޓުގައި މަގޫދޫގެ އަސްއަދު އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. މިއާއެކު މަގޫދޫ ޓީމުން ފުލުފުލުގައި ހަމަލާތައް ފީއަލީގެ ގޯލަށް އަމާޒުކޮށް ފޮނުވާލިއެވެ. އެގޮތުން އޭގެ މިނެޓެއް ފަހުން މާހިލް އޭރިޔާގެ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށްވަދެ، މަގޫދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި މަގޫދޫ އަށް ލިބުނު ޕެނަލްޓީ އަކުން މާހިލް ވަނީ ގޯލުޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. މަގޫދޫ ޓީމުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މާހިލް ދިން ޕާހަކުން ޖަޒްލާންއެވެ. މީގެ އިތުރުން ވެސް މަގޫދޫ ޓީމަށް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާހިލް މިޤްދާދުއެވެ.
މެޗުގެ މޮޅުކުޅުންތެރިޔާ މާހިލް ބޯޅައާއެކު. ފޮޓޯ: އިމޭޖެސް.އެމް.ވީ
މި މުބާރާތުގެ އަތޮޅު ބުރުގައި ރޭގައި ބިލްތެދޫ ވަނީ ނިލަންދޫ އަތުން 3-2 އިން މޮޅުވެފައެވެ. މި މުބާރާތުގެ 4 މެޗެއް މިރޭގައިވެސް ކުޅެވޭނެއެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
4 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
3 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
3 މަސް ކުރިން