logoEN
ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް އޮންނަ ބަރޯސާ ކުޑަކުރެވޭނެ: ރައީސް

ސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ސުދާ ލަތީފްސުދާ ލަތީފް

08 ޖެނުއަރީ 2025 - 05:46

ކުރިއަށް އޮތް ދުވަސްތަކުގައި، ޑޮލަރު ގަތުމުގައި ކަޅު ބާޒާރަށް އޮންނަ ޑިމާންޑް ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ގއ. އާއި ގދ. ގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގދ. ފިޔޯރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ފަހުން ފާސްކުރި ބޭރު ފައިސާގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ހަރަކާތްތެރިވާ ރިސޯޓުތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، މަރުކަޒީ ބޭންކިން ސިސްޓަމަށް ޑޮލަރު މާރުކުރަން މިހާރު މަޖުބޫރުވާނެ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ވަރުވަރުގެ ކުންފުނިތަކުން ކުރާ ވިޔަފާރިތަކުން، ތަފާތު ވަރުވަރަށް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި، އެކަމަށް ހުރިހާ ވިޔަފާރިވެރިން ވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

ޑޮލަރުގެ ދަތިކަނަ އޮތީމަ އަޅުގަނޑުމެން މިހާރު އެ ވަނީ ގާނޫނެއް ފާސްކޮށްފަ، އަމަލުކުރަނަ ފަށާފަ، މިހާރު މަޖުބޫރު ވާނެ ރިސޯޓްތަކަށްވެސް އަދި އެކިއެކި އިންޑަސްޓްރީތަކުގަ މަސައްކަތް ކުރާ ފަރާތްތަކަށްވެސް، ބޭންކް އަށް ދޮލަރު މާރުކުރަން ، 500 ޑޮލަރު ޓޫރިސަޓަކަށް އަދި އެކިއެކި ކުންފުނިތައް ނޫނި އެކި ވަރުވަރުގެ ކުންފުނިތަކުން، އިންޑަސްޓްރީ ތަކުން ނޫނިއްޔާ ވިޔަފަރިތަކުން، ތަފާތު ވަރުވަރަށް ޑޮލަރޔ މާރުކުރަން މިހާރު ޖެހޭނެ ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި، ސެންޓްރަލް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުން ކަޅު ބާޒާރުން ޑޮލަރު ގަތުމަށް އޮންނަ ޑިމާންޑް ކުޑަކުރެވި، ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކަށް ވެސް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ކުޑަކުރެވޭނެއެވެ. އެގޮތުން ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޑޮލަރުގެ އިތުރުން، ކާޑު ލިމިޓް ބޮޑުކުރުމަށް ބޭނުންވާ ޑޮލަރު ވެސް ލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެއާ އެކީގައި އަޅުގަނޑުމެންނަށް ތިބޭފުޅުން ފަދަ ވިޔަފާރިތައް ކުރައްވާ ބޭފުޅުންނަށް މި ބޭނުންވާ އެކިއެކި ޓީޓީ ހެދުމަށް، އެކި ކަންކަމަށް ބޭރުގަ ތިބޭ ދިވެހިންނަށް ބޭނުންވާ ފައިސާ ޑޮލަރު ހޯދުމަށް، ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑު ކުރުމަށް، މި ކަންކަމަށް މަގުފަހިވެގެން ގޮސް އަޅުގަނޑުމެންގެ މި އެސްއޯއީތަކުން މިހާރު ޑޮލަރު ހޯދުމަށް މި ދިމާވާ ދަތިތައް ވެސް ހައްލުވެ، ބްލެކް މާކެޓުގެ ޑިމާންޑް ކުޑަކުރެވި، ޑޮލަރުގެ އަގު ތިރިވެގެން ދިޔުން އެއީ ދުވަސްތަކެއް އަދި ނަގާނެ ކަމެއް. އެހެން ނަމަވެސް މީގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އަދި އިރާދަކުރެއްވިއްޔާ މި އަހަރު ނިމިގެންދާއިރު އެ ހިސާބަށް ދެވިފަ އޮންނާނެ ކަމެއް، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ގާނޫނާ އެއްގޮތަށް ހުރިހާ ވިޔަފާރިތަކުން ޑޮލަރު މާރުކުރާނަމަ މި އަހަރު ނިމޭއިރު، ސަރުކާރުގެ އެ އަމާޒަށް ހާސިލްވާނެ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮލަކަށް، ބޭންކުތަކުން ޑޮލަރު މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ. އެގޮތުން ގާނޫނުގައި ބުނީ، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެމަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

871x217_placeholder