logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ޕެސެންޖަރ ލައިނެއް އަންނަނީ؛ ބަނދަރުތަކުގެ ޓްރެފިކަށް ސަމާލުވޭ

ރާއްޖެއަށް ޕެސެންޖަރ ލައިނެއް އަންނަނީ؛ ބަނދަރުތަކުގެ ޓްރެފިކަށް ސަމާލުވޭ

ފަތުރުވެރިން ދަތުރުކުރަމުންދާ ޕެސެންޖަރ ލައިނެއް މާލޭގެ ސަރަހައްދުގައި ބަނދަރުތަކުރާތީ، މާލޭގެ ބައެއް ބަނދަރުތަކާއި ދިމާލުން ޓްރެފިކް ބާރުބޮޑުވާނެކަމަށް ފުލުހުން ބުނެފިއެވެ.

މިއަދާއި މާދަމައިގައި، މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީގައި މި ޕެސެންޖަރ ލައިނުން ގިނަ އަދަދެއްގެ ފަތުރުވެރިން އަރާ ފޭބުމަށް ވަނީ ޖަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ފުލުހުން އިލްތިމާސް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދެއްވައި، އެ ހިސާބުގައި ހަރަކާތްތެރިވާ ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރެއްވުމަށެވެ. މި ސަރަހައްދަކީ އާންމުކޮަށްވެސް ޓްރެފިކް ފްލޯ ގޯސް ހިސާބެކެވެ.

އާ އަހަރާއި ދިމާކޮށްވެސް ދެ ކްރޫޒްލައިން ވަނީ މާލޭގައި ބަނދަރުކޮށްފައެވެ. އެގޮތުން މި ދެ ކްރޫޒްލައިނުން ވަރަށް ގިނަ ޓޫރިސްޓުން ވަނީ އެކްސްކާޝަންތަކަށް މާލެ އައިސްފައެވެ. ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާ އެކު، މި ދުވަސްވަރު ވައިގެ މަގުން ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ޒިޔާރަތްކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 5 ދުވަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 21 ދުވަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | 2 މަސް ކުރިން13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 2 މަސް ކުރިން