logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޖްރަ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

އާމިނަތު ޝަފާ
9 ޖެނުއަރީ 2025 - 10:30
އުމްރާވެރިންތަކެއް
އުމްރާވެރިންތަކެއް

އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހާލުގައިޖެއްސި މައްސަލައާ ގުޅިގެން އެ ގުރޫޕު ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެ ކުންފުނީގެ 2024 ޑިސެމްބަރު ޢުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިޢުތިރާފުވެފައިވާތީއާއި، މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ ޢުމްރާވެރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދިފައިވުމާ އެކު، ހާލުގައި ޖެހިފައި ތިބި 23 ޢުމްރާވެރިން ވަނީ 09 ޖަނަވަރީ 2025 ގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުމާއެކު އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ޚިލާފުވެފައިވާތީ މި އުޞޫލުގެ ދަށުން "އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް"އާ މެދު އަންނަނިވި ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ނިންމާފައެވެ.

 

1- ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން

2- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުން

3- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން

4- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރި ޚަރަދު އެ ކުންފިން ހޯދުން

5- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ޢުމްރާއަށް ގެންދިޔުމުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު"އާ ޚިލާފުވެފައިވާތީ މި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައެޅުން.

އިސްވެ ދިޔަ ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާޚަބަރު | 5 ގަޑިއިރު ކުރިންދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެޚަބަރު | 7 ގަޑިއިރު ކުރިންޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުޚަބަރު | މަހެއް ކުރިންއަންނަ ހަފްތާގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމް ރާއްޖެއަށްޚަބަރު | މަހެއް ކުރިން