ރަމަޟާން މަހު އުމްރާއަށް އައްޑޫ ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ފަށަނީ
25 ނޮވެމްބަރު 2026 - 05:36

ރަމަޟާން މަހުގެ އުމްރާ ދަތުރުތަކުގައި އައްޑޫ ސިޓީ ގަމުން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އުމްރާވެރިންގެ ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަކުރުމަށް މުހިންމު ބަދަލުތަކެއް ގެނެސް އަންނަ ރަމަޟާން މަހު އުމްރާއަށް އައްޑޫ ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުﷲ މުޢާޒު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުޟޫއު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޢާޒު ވިދާޅުވީ، ރަމަޟާން އުމްރާގެ ދަތުރުތައް ފެށުމުގައި ޖިއްދާ އެއަރޕޯޓް މެދުވެރިކޮށް ދަތުރުތައް އިންތިޒާމުކުރުމާއި، ދަތުރުފަތުރުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކަކީ ޢުމްރާވެރިންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ގެނައި މުހިންމު ބަދަލުތަކެއް ކަމަށެވެ. މީގެ ކުރިން އުމްރާ ދަތުރުތައް ރާވައި ހިންގަމުން އައި އުސޫލުތަކާ ހިލާފަށް، ރަމަޟާން މަހުގެ އުމްރާ ދަތުރުތަކާއި މުޅި ރަމަޟާން އުމްރާގެ ބައިތަކުގައި ވެސް އުމްރާވެރިންނަށް ފަހިކަން ލިބޭނެ ގޮތަށް ދަތުރުތައް ހަމަޖައްސާފައިވާ ކަމަށް ވެސް މުޢާޒު ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ ކުރިން ބޮޑެތި ޗުއްޓީތަކާއި ހާއްސަ ދަތުރުތަކުގައި އުމްރާވެރިން މާލެ ގެނެސްގެން ދަތުރުތައް ރާވަމުން އައި ނަމަވެސް، މި ބަދަލާއެކު ދެކުނުގެ އުމްރާވެރިންނަށް މާލެއަށް ދާން ނުޖެހުމަކީ ހަރަދުގެ ގޮތުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް މުޢާޒު ފާހަގަ ކުރެއްވެވި އެވެ. އަދި އުމްރާވެރިންނަށް ރައްކާތެރިކަމާއި ފަސޭހަކަން ޔަގީންކުރުމަކީ އެކޯޕަރޭޝަންގެ މައިގަނޑު އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަމަޟާން މަހު ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގާއުމީ އެއަރލައިން މެދުވެރިކޮށެވެ. މި ހިދުމަތް ފެށުމާއެކު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އުމްރާގެ އަޅުކަމަށް ފުރުމުގައި ލިބޭ ލުއިފަސޭހަކަން އިތުރުވެ، އުމްރާ ޕެކޭޖުތަކުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ އެވެ.

-01.jpg&w=3840&q=75)
