logo
Bank of Maldives

Bank of Maldives

ޚަބަރު

މަޝްއަރް ޓުއަރސްގެ ޗެކް ބައުންސްވި މައްސަލަ ޕީޖީއަށް

ރަނާ އަޙްމަދު ފަޔާޒް
9 ޖެނުއަރީ 2025 - 11:57
އުމްރާވެރިން އުމްރާގެ އަޅުކަން  އަދާކުރަނީ
އުމްރާވެރިން އުމްރާގެ އަޅުކަން އަދާކުރަނީ

މަޝްއަރު ޓުއަރސްގެ ޗެކެއް ބައުންސްވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާ ކުރުމަށްޓަކައި ހުސްވި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރުވެސް އެ ގްރޫޕުން އުމްރާއަށް ގެންދިޔަ އުމްރާވެރިންގެ ޓިކެޓް ފައިސާގެ ޗެކް ބައުންސްވުމުން، ގުރޫޕުގެ ހުއްދަ މިނިސްްޓްރީން ބާތިލް ކުރަން ޖެހުނެވެ. މިފަހަރު މަޝްއަރު ގްރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި އެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން އެ ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މީހުން ދާއިރު އުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުއްދަ ދޫކޮށްފައެވެ. މިފަހަރު މީހުން އުމްރާއަށް ގެންދިޔައީ 33 ކުންފުނިންނެވެ. އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ހީލަތްހަދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާތީ އެކަން ހުއްޓުވުމަށް ސަރުކާރުންވަނީ އުސޫލުވެސް ބަދަލުކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 3 ދުވަސް ކުރިންފަޤީރުންނާ މިސްކީނުންގެ ތެރެއިން ބަޔަކަށް ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީޚަބަރު | 4 ދުވަސް ކުރިންޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއްޚަބަރު | 4 ދުވަސް ކުރިންބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ކިންގްސްއަށް ކުރާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފިޚަބަރު | 5 ދުވަސް ކުރިން