logo
Bank of Maldives

Bank of Maldives

ޚަބަރު

މުސްލިމް ވޯލްޑް ލީގްގެ ކޮންފަރެންސްގައި ބައިވެވަޑައިގަތުމަށް ޑރ. ޝަހީމް ޕާކިސްތާނަށް

އާމިނަތު ޝަފާ
10 ޖެނުއަރީ 2025 - 05:24
މުސްލިމް ވޯލްޑް ލީގްގެ ކޮންފަރެންސްގައި ބައިވެވަޑައިގަތުމަށް މިނިސްޓަރ ޝަހީމް ފުރާވަޑައިގަތުން
މުސްލިމް ވޯލްޑް ލީގްގެ ކޮންފަރެންސްގައި ބައިވެވަޑައިގަތުމަށް މިނިސްޓަރ ޝަހީމް ފުރާވަޑައިގަތުން

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލްއިސްލާމީގެ ފަރާތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ވަޒީރު ޕާކިސްތާނަށް ވަޑައިގެންނެވީ މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލްއިސްލާމީގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ވަޒީރު ޑރ.ޝަހީމް ވާހަކަފުޅު ދައްކަވާނެ.ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވާފައިވަނީ އޭޕްރީލްމަހުގެ ތެރޭގައެވެ.

ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

ރާބިޠަތުލް އާލަމިލް އިސްލާމިއްޔާ އަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3،000 އަށްވުރެ ގިނަ ނަންޚަބަރު | 4 ދުވަސް ކުރިންދިވެހި ޙައްޖުވެރިންގެ ދެ ވަނަ ގުރޫޕު ފުރައިފިޚަބަރު | 6 ދުވަސް ކުރިންމިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 8 ދުވަސް ކުރިންމައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ބޭފުޅުން ރާއްޖެއަށް ޚަބަރު | 13 ދުވަސް ކުރިން