logo
ޚަބަރު

ރައްޔިތުންނާ ދައުލަތުގެ މުދަލަށް ރައްކާތެރިވުމަށް ހުރިހާ މުވައްޒަފުންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި

ހުސައިން ވަސީމް
10 ޖެނުއަރީ 2025 - 11:13
ރައްޔިތުންނާ ދައުލަތުގެ މުދަލަށް ރައްކާތެރިވުމަށް ހުރިހާ މުވައްޒަފުންނަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި

މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ ބައެއް ކަމަށާ ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ހޯދަން ހަދާ އެއްބަސްވުމަކަށް ނުހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "މަސައްކަތުގެ އަޚްލާގު"ގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚުތުބާގައި ބުނީ، މުވައްޒަފުންނަކީ މުޖުތަމައުގައި އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންކަމަށެވެ. ވަޒީފާގެ މައިދާނުން ރިވެތި އަޚުލާގު ފެންނަން ޖެހޭ ކަމަށާ ކޮންމެ މުވައްޒަފަކީވެސް މާތް ﷲ އެމީހަކު ހެއްދެވި މަގުސަދު ހަނދާންކޮށް، އެ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭ މީހެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މަތިވެރި އަހްލާގަކީ އިސްލާމީ ޢަގީދާގެ އެންމެ މުހިންމު އަސާސްކަމަށާއި، ހެޔޮ އުންމަތަކަށް ވަނީ އެ އުންމަތުގެ އަހްލާގީ ފޭރާން ތާހިރުވެގެން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ހޯދުމަށް ވެވޭ އެއްބަސްވުމެއްގެ ގޮތުގައި ނުބެލުމަށާ ވަޒީފާގެ ބަޔާނަކީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިފޭ ޢަހުދު ކަށަވަރެއްކަމަށް ހުތުބާގައި ބުނެޏެވެ. އަދި އެ އަހުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް ފަރުވާތެރިވުމަށާ އެ އަމާނާތްތަކަށް ރައްކާތެރިވުމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.

އިސްލާމީ ޝަރީޢަތާއި އަދި ވަޟްޢީ ޤާނޫނު ބުނެދޭ މަތިވެރި އަހްލަގުގެ އެންމެ ކުރީގައިވަނީ އަހުދަށް ރައްކާތެރި ވުންކަމަށާ ހަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ތިބާ އެއްބަސްވެ، ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް ޢަމަލުކުރުމާއި ވަޒީފާގެ މަސްއޫލިއްޔަތަކީ، މުވައްޒަފު ރައްކާތެރިވާންޖެހޭ ބޮޑު އަމާނާތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ދައުލަތާއި ރައްޔިތުންގެ މުދަލާއި އާންމުންގެ މިލްކިއްޔާތަށް ރައްކާތެރިވުމަކީ އިސްލާމްދީނުގައި ބާރުއަޅާފައިވާ ކަމެއްކަމަށާ މި ލަނޑުދަނޑި، ހާސިލުކުރެވޭނީ އެ މުއައްސަސާގެ މަޤާމުތަކަށް ޤާބިލު މީހުން ތިބެގެން ކަމަށާއި މަޤާމުތަކުގައި ތިބޭ މީހުންގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ހުރެގެން މެނުވީ އެ މުއައްސަސާއެއްގެ ހިންގުން ހަރުދަނާވެގެން ނުދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ''ޚަބަރު | 2 ދުވަސް ކުރިން ''މުސްލިމުން ބައިބައިވެ ނިކަމެތިވަމުންދަނީ އިސްލާމީ ތަޢުލީމައި ޝަރީޢަތާ ބީރައްޓެހިވުމުން''ޚަބަރު | 9 ދުވަސް ކުރިންއިސްލާމީ އުޞޫލުތަކުގެ ތެރެއިން މާލީ މުޢާމަލާތުތައް ކުރެވޭނެ މަގު އެބައޮތް - ޚުތުބާ ޚަބަރު | 2 މަސް ކުރިންޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރުތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް - ޚުޠުބާޚަބަރު | 2 މަސް ކުރިން