logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީ 3 ކުޅުނެތެރިން ސޮއިހޯދުމާއި ގާތަށް

އަބްދުﷲ ޣާނިމް
11 ޖެނުއަރީ 2025 - 08:39
މެންޗެސްޓަރ ސިޓީގެ ދަށް ނަތީޖާތަކާއި ގުޅިގެން ކުޅުންތެރިން ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
މެންޗެސްޓަރ ސިޓީގެ ދަށް ނަތީޖާތަކާއި ގުޅިގެން ކުޅުންތެރިން ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

މި ސީޒަނުގައި މެންޗެސްޓަރ ސިޓީއިން ހޯދާފައިވާ ދަށް ނަތީޖާތަކާއި ގުޅިގެން ޓްރާންސްފާރ މާކެޓްގައި ކުޅުންތެރިން ގެނައުމުގެ މަސައްކަތް ލިވަރޕޫލުން ފަށައިފިއެވެ. އެގޮތުން ސިޓީ އިން ވަނީ މިހާރު 3 ކުޅުންތެރިޔެއްގެ ސޮއި ހޯދުމާއި ގާތުގައިކަމަށް ރިޕޯރޓްތައް ބުނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ފުރަތަމަ ކުޅުންތެރިޔެއްގެ ގޮތުގައި ފްރެންކްފަރޓް ގެ މިސްރުގެ ފޯވާޑް އޮމަރ މަރމޫޝް ގެނައިމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދާކަމުގައި ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ. މަރމޫޝް ވަނީ މިސީޒަނުގައި ފްރެންކްފަރޓް އަށް ކުޅުނު 24 މެޗުން 18 ގޯލުޖަހައި 12 އެސިސްޓް ހަދައިދީފައެވެ. މިއީ ފަކަކަށް އައިސް ސިޓީއަށް ދިމާވެފައިވާ ގޯލުޖެހުމުގެ މައްސަލަތަކަށް ޙައްލު ގެނެސްދޭނެ ކުޅުންތެރިއެއްކަމަށް ސިޓީގެ މެނޭޖްމަންޓުން ޤަބޫލުކުރެއެވެ.

 

ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސް ގެ ލާންސްއަށް ކުޅޭ އުޒްބެކިސްތާނު ޑިފެންޑަރ ކުޒެނޯވް ގެނައުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް ސްކައި ސްޕޯރޓްސް އިން ރިޕޯރޓްކޮށްފައިވެއެވެ. މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް 50 މިލިޔަން ޔޫރޯގެ ފީއެއް ދެއްކުމަށް ސިޓީއިން އެއްބަސް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އަދި ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅޭ 18 އަހަރުގެ ޑިފެންޑަރ ވިޓޯ ރެއިސް ގެނައުމުގެ މަސައްކަތް ވަރަށް ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް ރިޕޯރޓްތައް ބުނެއެވެ. މި ކުޅުންތެރިޔާގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުންވެސް ޝަޢުޤުވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ސިޓީއިން ފަހަކަށް އައިސް ހޯދާ ދަށް ނަތީޖާތަކަށް ޙައްލުގެނައުމަށް ގުއާޑިއޯލާ އައު ކުޅުންތެރިން ބޭނުންވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ސިޓީ މިވަގުތުގައި އޮތީ ލީގުގެ ތާވަލުގެ 6 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 2 ދުވަސް ކުރިންވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 8 ދުވަސް ކުރިންތަށި އުފުލާ އުފުލާ ވަރުބަލިވެ، ސިޓީއިން އާސެނަލަށް ލީގު ހަދިޔާކުރަނީކުޅިވަރު | 15 ދުވަސް ކުރިންސިޓީ މަޑުމަޑުން އައިސް އާސެނަލްގެ ކަރުގައި ހިފަނީ، ބާކީ ދެޕޮއިންޓްކުޅިވަރު | މަހެއް ކުރިން