logo
ޚަބަރު

ހައްޖާ ބެހޭ މަޝްވަރާތަކަށް ވަޒީރު ޝަހީމް ސައޫދީއަށް

އާމިނަތު ޝަފާ
12 ޖެނުއަރީ 2025 - 04:43
ވަޒީރު ޝަހީމް ސައުދީގައި
ވަޒީރު ޝަހީމް ސައުދީގައި

ހައްޖާއި ބެހޭ މަޝްވަރާތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޑރ ޝަހީމް ސަޢޫދީ އަށް ވަޑައިގެންނެވީ ސައޫދީގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށްކަމަށެވެ. މި ޒިޔާރަތުގެ ތެރޭގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެކަމށާއި މީގެ އިތުރުން 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ޝަހީމް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙައްޖުގެ އިންތިޒާމްތަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގައި ބައިވެރިވާ ސައުދީ ވަފްދުގެ އިސްވެރިޔާ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެެރެއިން ރާއްޖެއިން ކޮންމެ އަހަރަކު ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެެ. އަދި ސަރުކާރުން އަންނަނީ ސައުދީ ސަރުކާރާއެކު މިހާރުވެސް މިކަމާ ގުޅިގެން މަޝްވަރާތައް ކުރަމުންނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވަންފަށައިފި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަކީލް ވަނީ ވިދާޅުވެފައެެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 50 ފަޤީރުން ހައްޖަށް ފޮނުވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގެ އިތުރުން ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ރައީސް ވަނިީ ނިންމަވާފައެވެ. މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި އިސްލާހުތަކާއެއްގޮތަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީގެ ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފިޚަބަރު | 4 ދުވަސް ކުރިންއެމްޔޫ މަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންޚަބަރު | 13 ދުވަސް ކުރިންފަޤީރުންނަށް ދޭ މިންވަރު އިތުރުކޮށް، ޒަކާތުގެ ނިޒާމު ބަދަލު ކުރަނީ ޚަބަރު | 20 ދުވަސް ކުރިންސަރުކާރުގެ ތަޞައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ޤާއިމްކުރުން: ޝަހީމްޚަބަރު | މަހެއް ކުރިން