logoEN
ކުޅިވަރު

10 ކުޅުންތެރިންނާއެކު މުބާރާތުގެ ބޮސް މަރާލުމަށްފަހު ޔުނައިޓެޑު އެފް.އޭކަޕްގެ 4 ވަނަ ބުރަށް

މުބާރާުތުގެ ރަސްގެފާނު ބަލުކުރުމަށްފަހު ޔުނައިޓެޑު ވަނީ 4 ވަނަ ބުރަށް ދަތުރުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

މުބާރާުތުގެ ރަސްގެފާނު ބަލުކުރުމަށްފަހު ޔުނައިޓެޑު ވަނީ 4 ވަނަ ބުރަށް ދަތުރުކޮށްފައި. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

13 ޖެނުއަރީ 2025 - 03:55

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިޥާ އިނގިރޭސި އެފް.އޭ ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އާރސެނަލް މިމުބާރާތުން ކަޓައިފިއެވެ. އާރސެނަލްގެ ގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅެވުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. އަދި މިމެޗު ޔުނައިޓެޑު ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

އެގޮތުން މެޗުގެ ފަށައިގެން އާރސެނަލް އިން ރަނގަޅަށް ކުޅެ 19 ވަނަ މިނެޓުގައި މާޓިނެއްލީ ޖެހި ގޯލުވަނީ ވީ.އޭ.އާރު ބަލައި އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގެ ފުރަތަމަ ގޯލުޖަހައި ކުރިހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. މިގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 52 ވަނަ މިނެޓުގައި ގަރނަޗޯ އެސިސްޓަކުން ބްރޫނޯ ފެނާންޑޭޒް އެވެ. ނަމަވެސް މެޗުގެ 60 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑަލޯޓް އަށް ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި އޭގެ 2 މިނެޓުފަހުން އާރސެނަލްގެ ޑިފެންޑަރ ގެބްރިއަލް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާގެ ތެރެއިން ހެރީ މެގުއަރ އާރސެނަލްގެ ފޯވާޑް ހަވަރޓްޒް އަށް ކުރި ފައުލަކާއި ގުޅިގެން ވަނީ އާރސެނަލްއަށް ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އާރސެނަލްގެ ކެޕްޓަން އޮޑެގާޑް ތިރިތިރިން ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑުގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންވެސް ނަތީޖާ ހަމަހަމަ ވުމުން ޖެހި ޕެނަލްޓީ ސޫޓުގައި އާރސެނަލްގެ ހަވަރޓްޒް ޖެހި ޕެނަލްޓީވެސް ޔުނައިޓެޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޕެނަލްޓީ ގައި ޔުނައިޓެޑުން ކުރިހޯދީ 3-5 އިންނެވެ.

ރޭގެ ބައްޔާއެކު އެފް.އޭ ކަޕްގެ 3 ވަނަ ބުރުން އާރސެނަލް ވަނީ މުބާރާތާއި އަލްވަދާއު ކިޔާފައެވެ. މިމުބާރާތުގެ 4 ވަނަ ބުރުގައި ޔުނައިޓެޑު ބައްދަލުކުރާނީ ލެސްޓަރ ސިޓީއާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder