logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އެސްޓޯނިއާއަށް ވަޑައިގެންފި

ރައީސް އެސްޓޯނިއާއަށް ވަޑައިގަތުން
ރައީސް އެސްޓޯނިއާއަށް ވަޑައިގަތުން

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް، ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރިޕަބްލިކް އޮފް އެސްޓޯނިއާއަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެސްޓޯނިއާއަށް ރައީސް ވަޑައިގަންނަވާނީ މިއަދުން ފެށިގެން މި މަހު 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގެ މަޤްޞަދަކީ ޑިޖިޓަލް ގަވަނަންސް، ކްލައިމެޓް، އެޑިއުކޭޝަން އަދި ސައިންސް ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުން ކަމުގައި ރައީސް އޮފީހުން ބުނެއެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސް އިސްކަންދެއްވާ ކަމެކެވެ. ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރައްވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ، ޑިޖިޓަލް އިޤްތިޞާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސް އަލާރް ކާރިސް އާއި ސަރުކާރުގެ ވަޒީރުންނާއި އެސްޓޯނިއާގެ މަޝްހޫރު ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުުފުޅުގައި ރައީސްގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލާއި، ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެސްޓޯނިއާގެ ކުންފުނިތަކާއި މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ އިސްވެރިންގެ އަމިއްލަ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވާނެއެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު: 790 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ގާއިމުކުރަން ހުއްދަދީފިޚަބަރު | 6 ގަޑިއިރު ކުރިންރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެރޭޚަބަރު | 14 ގަޑިއިރު ކުރިންސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 18 ގަޑިއިރު ކުރިން ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | ދުވަހެއް ކުރިން