logoEN
ޚަބަރު

ވަގަށް ޕާޓީއަށް މީހުން ވައްދާ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ: ސުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ

13 ޖެނުއަރީ 2025 - 12:04

ވަގަށް ޕާޓީއަށް މީހުން ވައްދާ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، މެމްބަރުން ޕާޓީއަށް ވެއްދުމާއި ގުޅޭގޮތުން އެމްޑީޕީން އަޅުވަމުންދާ ތުހުމަތު ތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޝުޖާޢުގެ ވިދާޅުވެފައި ވަނީ ވަގަށް ޕާޓީ އަށް މީހުން ވައްދާ ވާހަކަ އެމްޑީޕީން ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

''ޕީޕީއެމް ގެ 6000 މެމްބަރުން ވަގަށް އެމްޑީޕީއަށް އަށް ބަދަލު ކޮށްލީ ރޯމާ ދުވާލު. އެވާހަކަ އެދުވަހު ކަރުން ހަންދަންދެން ދެއްކީމަ އަހަރެމެންނަށް 'ބުލީ' ކުރީ'' ޝުޖާޢު ވިދާޅުވެފަވެއެވެ.

View post on Twitter

މިފަދައިން ވިދާޅުވެ، ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީ ވެސް ޓެގް ކުރަށްވާފައެވެ.

އެމްޑީޕީގެ ވެރިކަމުގައި ޕީޕީއެމްގެ މެމްބަރުންނަށް ނޭނގި އެ ޕާޓީއަށް ވައްދާކަމަށް ބުނެ އޭރުގެ އިިދިކޮޅުން ވަނީ ޝަކުވާކޮށްފައެވެ.

ކޮމެންޓް

871x217_placeholder