logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓޯނިއާގެ ރައީސްގެ، ރައީސް މުޢިއްޒުއަށް ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ޖެނުއަރީ 2025 - 13:43
ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއާ ސަލާމްކުރައްވަނީ: ރައީސް އެ ގައުމަށް ވަޑައިގެންނެެވީ މިއަދުގެ ވަގުތެއްގައި -- ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްއާ ސަލާމްކުރައްވަނީ: ރައީސް އެ ގައުމަށް ވަޑައިގެންނެެވީ މިއަދުގެ ވަގުތެއްގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެގެ ތެރެއިން އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސް، ރައީސް މުޢިއްޒުއަށް ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލަރްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅުގައި، ރަސްމީ ގޮތުން މަރްޙަބާ ދެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި، އެ ގައުމުގެ ރައީސްގެ ގެކޮޅުކަމުގައިވާ ކަޑްރިއޯގްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މަރްޙަބާގެ އެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ މިލިޓަރީގެ ފަރާތުން ދެ ރައީސުންނަށް ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. އަދި އެ ރަސްމިއްޔާތުގައި ދެ ގައުމުގެ އިސް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންނަވައިފައެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް މުޢިއްޒު ވަނީ ކަޑްރިއޯގްގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ. ރައީސް އެގައުމަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރައީސް މުޢިއްޒު އެސްޓޯނިއާ އަށް ކުރައްވާ ދަތުރުފުޅަކީ، ޑިޖިޓަލް ގަވަނަންސް، ކްލައިމެޓް، އެޑިއުކޭޝަން އަދި ސައިންސް ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގައި އެގައުމުގެ އެންމެ އިސްވެރިންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވާނެއެވެ. އެގޮތުން މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލާއި، ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަން ރައީސް ޢިއުލާން ކުރަށްވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ވައުދު ފުއްދަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްދީފިޚަބަރު | ގަޑިއިރެއް ކުރިންހެޔޮ ވެރިއެއްގެ އޯގާތެރިކަން، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީޚަބަރު | 10 ގަޑިއިރު ކުރިންމުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 20 ގަޑިއިރު ކުރިން