logo
Bank of Maldives

Bank of Maldives

ޚަބަރު

އަނެއްކާވެސް ނިލަންދޫގައި ފެންބޮޑުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖެނުއަރީ 2025 - 12:46
އަނެއްކާވެސް ނިލަންދޫގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަނެއްކާވެސް ފ. ނިލަންދޫގައި ފެންބޮޑުވެއެވެ.

މީގެ ދެ ވަރަކަށް ހަފުތާކުރިން ވެހުނު ވާރޭގައި ވެސް ނިލަންދޫގައި ވަނީ ފެން ބޮޑުވެފައެވެ. އެފަހަރު ވަނީ ފެންބޮޑުވުމުގެ ސަަބަބުން ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން މިއަދު ބުނީ ފ.ނިލަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެރަށުގައި ހަރަކާތްތެރިވަމުން.ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރަމުން އަންނައިރު، ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން އިއްުޔެ ވަނީ ޖޮއިންޓް އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރައިމް ގުދަން އަލިފާން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 5 ގަޑިއިރު ކުރިންގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | ދުވަހެއް ކުރިންމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެއްޖެޚަބަރު | 20 ދުވަސް ކުރިންފޮނަދޫ ކުރިގަމު އަވަށު ދަނޑުބިމުގައި ހުރި ގުދަނެއްގައި ރޯވެއްޖެޚަބަރު | 24 ދުވަސް ކުރިން