logo
Bank of Maldives

Bank of Maldives

ޚަބަރު

ދެން އޮތީ އެކުގައި މަސައްކަތް ކުރުމުގެ އާ ބާބެއް ފެށުން - ރައީސް

އަޙްމަދު ޒަލީފް
14 ޖެނުއަރީ 2025 - 14:30
ދެން އޮތީ އެކުގައި މަސައްކަތް ކުރުމުގެ އާ ބާބެއް ފެށުން - ރައީސް

 ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށާއި، ދެ ޤައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާ ހަމަގައިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން އެހާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކުގައި ކަމަށެވެ. އަދި މިއީ ނަމޫނާ ކާމިޔާބީއެއް ކަމަށާއި އެމަސައްކަތަކަށް ތައުރީފު ޙައްގު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް އަދި އިނޮވޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ޤައުމުގެ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ބައިވެެރިވެވަޑައިގަންނަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަންވެސް ފާޅުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޗާގޯސް ހައްގީ ދިވެހީންނަށް، އެއީ ދިވެހީންގެ ފޯޅަވަހި: ރައީސްޚަބަރު | މަހެއް ކުރިންވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 3 މަސް ކުރިންކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސް ނިންމަވައިފިޚަބަރު | 6 މަސް ކުރިން