logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓޯނިއާގެ ހެލްތު މިނިސްޓަރު، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ފޮޓޯ : ރައީސް އޮފީސް
ފޮޓޯ : ރައީސް އޮފީސް

އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު ރީނާ ސިކުޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެގައުމުގެ ހެލްތެ މިނިސްޓަރު ރީނާ ސިކުޓް އާ ރައީސް ބައްދަލުކުރައްވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބައްދަލުކުރެއްވުމުގައި އެސްޓޯނިއާގެ ހެލްތު މިނިސްޓަރު ވަނީ އެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބޭ މުހިންމު ފައިދާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާއިރު، އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ވަނީ ފާޅުކުރެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

ރައީސް އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެެއިން، އެ ގައުމުގެ ސިއްޚީ ވަޒީރާ ބައްދަލުކުރައްވާފައިވާއިރު، ރައީސް ވަނީ އެގައުމުގެ މޫސުމީ ބަދަލުތަކާއި ބެހޭ ވަޒީރާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް އެސްޓޯނިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހުޚަބަރު | 2 ގަޑިއިރު ކުރިންރައީސް، އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 13 ގަޑިއިރު ކުރިންއެންމެ 50 ދުވަހުގެ ތެރޭ ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލައިފިޚަބަރު | 13 ގަޑިއިރު ކުރިން