logo
Bank of Maldives

Bank of Maldives

ޚަބަރު

ޓިކްޓޮކް އާއި ޓްވިޓާ ބްލޮކް ކުރުމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ހީނާ

ސުދާ ލަތީފް
15 ޖެނުއަރީ 2025 - 08:13
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު -- ފޮޓޯ/ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު -- ފޮޓޯ/ރައީސް އޮފީސް

ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ މިއަދު "އެކްސް" ގައި މިއަދު ކުރެްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ޕޯސްޓުގައި ހީނާ ވިދާޅުވީ، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | 12 ގަޑިއިރު ކުރިންމަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި، މަހުގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންމަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފިޚަބަރު | ދުވަހެއް ކުރިންޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިން