logo
E-Platinum
ޚަބަރު

އިޤްތިސާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަޒުރުބަިއޖާންއާ މަޝްވަރާކޮށްފި

އަޒަރުބައިޖާންއާއި ކުރެވުނު މަޝްވަރާގެ ތެރެއިން--ފޮޓޯ:ރައީސް އޮފީސް
އަޒަރުބައިޖާންއާއި ކުރެވުނު މަޝްވަރާގެ ތެރެއިން--ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އެލްނޫރު މަމްމަޑޯވް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި, އިޤްތިސާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރެވުނު ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުގައި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައިވެއެވެ. އެ ގޮތުން މޫސުމީ ބަދަލުތަކާއި ސަގާފަތާއި ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެކި ދާއިރާތަކުން ރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް މީގެ ކުރިން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައެވެ. މިގޮތުން، ދެޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި އެެއްބަސްވުމެއް ވަނީ ސޮއިކޮށްފައެވެ. އަދި އިޤްތިޞާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގަި ސޮއިކުރިއެވެ.

ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | 2 މަސް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | 2 މަސް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންމޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކުރާނެ ކަމެއް ނޫން – ރައީސުލްޖުމްހޫރިއްޔާގެ ނައިބުޚަބަރު | 5 މަސް ކުރިން