logo
ޚަބަރު

ވަރަށް ސަޅިކަމެއް، ގަޑިއިރަކަށް 3 ރުފިޔާ ދީގެން ތިނަދޫ ސިޓީގައި ބައިސްކަލް ދުއްވާލެވޭނެ

އަޙްމަދު ޒަލީފް
15 ޖެނުއަރީ 2025 - 16:49
ވަރަށް ސަޅިކަމެއް، ގަޑިއިރަކަށް 3 ރުފިޔާ ދީގެން ތިނަދޫ ސިޓީގައި ބައިސްކަލް ދުއްވާލެވޭނެ

ކުއްޔަށް ބައިކަލް ދޫކުރުމުގެ ޚިދުމަތް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ރަށުތެރެ ބަލާލުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ދޭން ނިންމި ޚިދުމަތެއް ކަމަށް ތިނަދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ވިދާޅުވީ އަބަދު ވެސް ބޭނުން ވަނީ އެ ސިޓީ އަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް ކަމަށާއި، އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލުން ބައިސްކަލް ތައާރަފުކުރީ ތިނަދު އަކީ އެކި ބޭނުން ތަކުގައި ގިނަ ބަޔަކު ޒިޔާރަތް ވެސް ކުރާ ތަނަކަށްވާތީ ކަމަށެވެ.

މި ޚިދުމަތް ދިނުމުގެ ގޮތުން ބަނދަރުމަތީގައި ކައުންސިލްގެ އޮފީހެއް ހަދައި އެތަނުން ބައިސްކަލް ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ދޫކުރާނެ އެވެ. ބައިސްކަލު ދޫކުރާނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކުޑަ ކުއްޖެއް ނަމަ ބެލެނެވެރިއެއްގެ ބެލުމުގެ ދަށުން ބައިސްކަލް ދޫކުރާނެ އެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ ޑިމާންޑަށް ބަލައި އަންނަ ރޯދަ މަހުގެ ކުރިން ރަށުގެ އެހެން ސަރަހައްދުތަކުގައި ވެސް ބައިސްކަލު ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީޚަބަރު | ދުވަހެއް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 2 މަސް ކުރިންތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ ޚަބަރު | 7 މަސް ކުރިންރޯދަ މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވަން މަސައްކަތްކުރަން : ތިނަދޫ ސިޓީ ކައުންސިލްޚަބަރު | 7 މަސް ކުރިން