ރާއްޖޭގައި ކުރޫޒް ލައިންތަކަށް ޚާއްޞަ ބަނދަރުތަކެއް ތަރައްޤީ ކުރަނީ

މާލެއަށް ބަނދަރުކުރި ކްރޫޒް ލައިނާއެއް -- ފޮޓޯ | މާޔާ މޯލްޑިވްސް

16 ޖެނުއަރީ 2025 - 05:40
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރަމްގައި ވަޒީރު ވިދާޅުވީ ރާއްޖެއަށް އަންނަ ކުރޫޒް ލައިނާތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.އަދި ކުރޫޒް ލައިނާތަކަށް ރާއްޖޭގައި ހުރި ދަތިތަކައް ލުޔެއް ހޯދާދީފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް 600އަށް ވުރެ ގިނަ ފަތުރުވެރިން ކުރޫޒް ލައިނާތަކުގައި ރާއްޖެ އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ކުރޫޒް ލައިންތަކުގެ އަދަދު އިތުރުކޮށް މިދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒު ލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްޤީކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މިދުވަސްވަރު ގިނަ އަދަދަކަށް ކުރޫޒް ލައިނާތައް ދަނީ އަންނަމުންނެވެ. މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް، (މާޔާ) އިން ބުނެފައިވާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާކަމަށެވެ.