logoEN
ވިޔަފާރި

ފަތުރުވެރިކަމަށް ދޫކުރާ ތިން ރަށެއް އުނިކުރުމަށް ފަހު އަލުން އިއުލާންކޮށްފި

ރިސޯޓު ހަދަން މީގެ ކުރިން ހުޅުވާލި ތ. ކަނިމީދޫ

ރިސޯޓު ހަދަން މީގެ ކުރިން ހުޅުވާލި ތ. ކަނިމީދޫ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

16 ސެޕްޓެމްބަރު 2024 - 16:36

ފަތުރުވެރިކަން ތަރައްގީކުރަން ހުޅުވާލާ ސަރަޙައްދުތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ކުރި އިއުލާނުން ތިން ރަށެއް އުނިކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައި ބުނީ، ފަތުރުވެރިކަން ތަރައްގީ ކުރަން ހުޅުވާލާ ސަރަޙައްދުތަކަށް ގެނެވޭ ތިން ވަނަ އިސްލާހުގެ ދަށުން، ލިސްޓުން ތިން ރަށެއް އުނިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އުނި ކުރީ:

  • ޅ. ދިއްފުށި އަދި މައިދޫ - ޖުމްލަ ބޮޑުމިން 36.16 ހެކްޓަރު
  • ތ.ކަނިމީދޫ - 10 ހެކްޓަރު
  • ގދ. ކަޅެހުއްޓާ - 7.61 ހެކްޓަރު\

އެ ރަށްތައް އުނިކުރުމަށް ފަހު، އެ ލިސްޓަށް އިތުރު ހަތް ސަރަހައްދެއް އެ ވުޒާރާއިން ވަނީ އެތެރެކޮށްފައެވެ. އެ ސަރަޙައްދުތަކަކީ:

  • ބ. އަތޮޅުގެ ފަޅެއް - 0.60 ހެކްޓަރު
  • ކާފު އަތޮޅުގެ ތިން ފަޅެއް - ޖުމްލަ ބޮޑުމިން ތިން ފަޅު އެއްކޮށް 129.2 ހެކްޓަރު
  • ވާވު އަތޮޅުގެ ފަޅެއް - 0.14 ހެކްޓަރު
  • އދ. އަތޮޅުގެ ފަޅެއް - 0.35 ހެކްޓަރު
  • ގދ. ރާވެރިންކޮޅިހުއްޓާ - 0.77 ހެކްޓަރު

އެ އިއުލާނުގައި، ޓޫރިޒަމަށް ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާއިރު، ފަޅުގެ ވަކި ސަރަހައްދެއް ކުއްޔަށް ނަގަން ހުށަހަޅާ ނަމަ އެ ސަރަހައްދާއި ސަރަހައްދުގެ ބޮޑުމިން އެނގޭނެހެން ފާހަގަކުރަން އެ ވުޒާރާއިން ވަނީ އެދިފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder