logo
Bank of Maldives

Bank of Maldives

ޚަބަރު

ބައްސާމުގެ ވަކީލު މައްސަލަ ދޫކޮށްލުމުން އަލުން ވަކީލަކު އައްޔަން ކުރަން 10 ދުވަސް

ހުސައިން ވަސީމް
16 ޖެނުއަރީ 2025 - 06:49
ބައްސާމުގެ ވަކީލު މައްސަލަ ދޫކޮށްލުމުން އަލުން ވަކީލަކު އައްޔަން ކުރަން 10 ދުވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްވި މައްސަލާގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ގާނޫނީ ވަކީލުން އެ މައްސަލައިން ތަނާޒުލްވެއްޖެ އެވެ.

ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތްތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާއިރު މިމައްސަލާގައި ބައްސާމް ފުރަތަމަ އައްޔަން ކުރި ގާނޫނީ ވަކީލުވެސް ވަނީ މައްސަލައިން ތަނާޒުލް ވެފަ އެވެ.އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރިން ހުރީ އިބްރާހިމް ޝަމީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ކުރިމިނަލް ކޯތުގައި ބޭއްވި އާދުއެހުމާސް ބައްސާމް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ބައްސާމްގެ ގާނޫނީ ވަކީލު މައްސަލައިން ތަނާޒުލް ވެފައިވާކަން ކުރިމިނަލް ކޯޓަށް އަންގާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.އެހެންވެ ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ. މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއި އެކު ކަމަށް ވުމުން ގާޒީ ވަނީ ބައްސާމުއަށް ވަކީލަކު އައްޔަން ކުރަން 10 ދުވަސް ދީފަ އެވެ.އެ މުއްދަތުގައި ގާނޫނީ ވަކީލަކު އައްޔަން ނުކުރެވިއްޖެ ނަމަ އަމިއްލައަށް މައްސަލާގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ބައްސާމުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ އިތުރު ދައުވާތަކެއް ކުރުމަށްވެސް ފޮނުވާފަ އެވެ. އެއީ ޤާނޫނުލްޢުޤޫބާތުގެ ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.

މި ދަޢުވާތަކާ ގުޅިގެން މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށާ ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ޕީޖީ ވަނީ އެދިފައެވެ.މި މައްސަލާގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ޕީޖީ އިން ބުނެއެވެ.

 

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއްޚަބަރު | 2 ގަޑިއިރު ކުރިންކުއްލި ޚަބަރު: އެފްއޭއެމް ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ޖަލަށްލާން ހުކުމްކޮށްފިޚަބަރު | 2 މަސް ކުރިންބައްސާމްއާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި ޚަބަރު | 5 މަސް ކުރިންބައްސާމުގެ ވަކީލު މައްސަލަ ދޫކޮށްލުމުން އަލުން ވަކީލަކު އައްޔަން ކުރަން 10 ދުވަސްޚަބަރު | އަހަރެއް ކުރިން