މެސީ ޕީއެސްޖީއަށް ބަދަލުވުމުން އެމްބާއްޕޭ އެކަމާ ހަސަދަވެރިވި: ނޭމާ ޖޫނިއަރ

ނޭމާ އާއި އެމްބާއްޕޭ ޕީ.އެސް.ޖީގައި. ފޮޓޯ: ޕީ.އެސް.ޖީ

17 ޖެނުއަރީ 2025 - 11:18
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިޔޮނެލް މެސީ 2021 ވަނަ އަހަރުގައި ޕީ.އެސް.ޖީ އަށް ދިޔުމުން، އޭރުގެ ޕީ.އެސް.ޖީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެމްބާއްޕޭ އެކަމާއި ހަސަދަވެރިވިކަމަށް އޭނާ އާއެކު ޕީ.އެސް.ޖީގައި ކުޅުނު ނޭމާ ބުނެފިއެވެ.
މެސީ ޕީ.އެސް.ޖީ އަށް ބަދަލުވުމުގެ ކުރިން ޕީ.އެސް.ޖީ ގައި ހުރިހާ ސަމާލުކަމެއް ލިބެނީ އެމްބާއްޕޭ އަށް، އަހަރެން އެމްބާއްޕޭ އަށް މުޚާތަބުކުރަނީ ގޯލްޑަން ބޯއީގެ ނަމުން، އަހަންނާއި އެމްބާއްޕޭގެ ކެމިސްޓްރީ ވަރަށް ދިމާވޭ އޭރު، ނަމަވެސް ފަހުން އެމްބާއްޕޭ ބޭނުމެއް ނުވޭ އަހަރެންނާއި އެކުގައި މެސީ ކުޅޭކަށް، ސަބަބަކީ އޭނާއާއި ދެމެދުގައިވާ ކެމިސްޓްރީއަށް އަސަރުކުރާނެކަމަށް ދެކޭތީ، އެހެންވެ މެސީ ކުލަބަށް ބަދަލުވުމުން އެކަމާއި ހިތްހަމަ ނުޖެހިގެން އަހަރުމެންގެ ތެރޭގައި ދެބަސްވުން އުފެދިފައިވޭ - ނޭމާ ޖޫނިއަރ
މީގެ އިތުރުން ނޭމާ ރެއާލްގެ ބަދަކުގައި ބާސެލޯނާއަށް ޚިޔާރުކުރީ އޭނާގެ އައިޑޮލް ރޮނާލްޑީނިއޯ ގެ ސަބަބުން ކަމަށާއި، އަދި އޭރުގެ ބާސެލޯނާގެ އެންމެ މޮޅުކުޅުންތެރިޔާ މެސީއާއެކު ކުޅެން ބޭނުންވެފައިވާތީކަމުގައި ބުނެފައިވެއެވެ. އަދި އޭގެ ފަހުން ޕީ.އެސް.ޖީ އަށް ބަދަލުވާން ނިންމި ނިންމުމާމެދު ހިތާމަނުކުރާކަމަށް ބުނެފައިވެއެވެ. އަދި އޭނާއަށް ބެލަންޑިއޯ ނުލިބުނަސް އެކަމާ ދެރަނުވާކަމަށާއި އޭނާގެ އެންމެ މޮޅުދުވަސްވަރުގައި އަނިޔާގެ މައްސަލަތައް ދިމާނުވިނަމަ، ބެލަންޑިއޯ އޭނާއަށް ލިބުނީސްކަމުގައި އިތުރަށް ބުނެފައިވެއެވެ.
ގަތަރުގެ ބިލަޔަނަރު ނާސިރު އަލް ޚަލީފީގެ އިރުޝާދުގެ ދަށުން ޕީ.އެސް.ޖީ އަށް އެމްބާއްޕޭ އާއި ނޭމާ އާއި މެސީ ގެނެސްގެން ޗެންޕިއަންސް ލީގު ހޯދުމަށް ކުރި މަސައްކަތް ވަނީ ފެއިލްވެފައެވެ.
އިތުރު ލިޔުންތައް

އިންޖަރީއަށް ފަހު މެސީ އެނބުރި ގައުމީ ޓީމަށް
5 މަސް ކުރިން
37 އަހަރުގައި ވެސް މެސީ ދެއްކީ ތަފާތު، މެޗު ނިންމާލީ ހެޓްރިކެއް ހަދައިގެން
5 މަސް ކުރިން
މެސީގެ ކެރިއަރު ނިންމާލަން ވިސްނަނީ
5 މަސް ކުރިން