logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ޕާޓީތަކުގެ ދަފުތަރުތައް ފެށޭ ހަފްތާގައި އާންމުކުރާނެ: އީސީ

އިންތިހާބެއްގެ ކެމްޕެއިނެއްގެ ތެރެއިން --  ފޮޓޯ: މިހާރު
އިންތިހާބެއްގެ ކެމްޕެއިނެއްގެ ތެރެއިން -- ފޮޓޯ: މިހާރު

ސިޔާސީ ޕާޓީތަކުގެ ދަފުތަރުތައް މި ފެށޭ ހަފްތާގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް(އީސީ) އިން ބުނެފިއެވެ.

"މެންދުރު ޓީވީ" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ފާއިތުވި އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު ފޯމްތައް ޕްރޮސެސްކޮށް، ސިޔާސީ ޕާޓީތަކުގެ ދަފުތަރުތައް އާންމު ކުރެވޭނެކަމަށެވެ. އަދި މި ދަފުތަރުތަކުގައި އެއްވެސް މައްސަލެއްވާނަމަ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވޭނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީން އެފަދައިން ބުނިއިރު، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވަގަށް އެ ޕާޓީގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން ޕީއެންސީއަށް އެ ތުހުމަތުތައް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ދަފުތަރުގައި ހިމަނާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ޕީއެންސީ އިން ބުނެފައިވަނީ، ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަން މިހާރު އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އެމްޑީޕީން ވަނީ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް ވާނީ އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންވޯޓަރސް ލިސްޓުގައި ސޮއި ކުރުން މި މަހުގެ 17 އިން ފެށިގެންޚަބަރު | 3 ދުވަސް ކުރިންވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންއޮބްޒާވަރުންނަށްވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިޚަބަރު | 4 ދުވަސް ކުރިން