logoEN
ޚަބަރު

އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، ބިދޭސިންގެ އަމަލުތައް ހިންގަން އިތުރު ފުރުސަތެއް ނުދޭނަން: ޝައްމާން

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު -- ފޮޓޯ: ރައީސް އޮފީސް

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު -- ފޮޓޯ: ރައީސް އޮފީސް

ސުދާ ލަތީފްސުދާ ލަތީފް

18 ޖެނުއަރީ 2025 - 14:55

އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ހިންގާ ޢަމަލުތައް ހިންގަން އިތުރު ފުރުސަތެއް ނުދޭނެ ކަމަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްެޖެއެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި އިއްޔެ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ތިން ބިދޭސީއަކު، ފުލުހުންގެ ފަރާތުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ޢާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އިމިގްރޭޝަން އިން ނުދޭނެ ކަމަށް ވެސް ޝަމްޢާން ވިދާޅުވިއެވެ.

މީގެ ކުރިން ޝަމްއާން ވިދާޅުވީ، އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގައި އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ އިމިގްރޭޝަނުގެ ޓާސްކް ފޯސް އިން ބަލަމުންދާ ކަމަށާއި، އެ ކަމުގައި ޝާމިލުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޝަމްއާން އެފަދައިން ވިދާޅުވީ، އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައި، އިންޑިޔާގެ ދެ ގްރޫޕެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގައި، މާރާމާރީއެއް ހިންގުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވިއެވެ. މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ޑީޕޯޓުކޮށްފައެވެ.

ކޮމެންޓް

871x217_placeholder