logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ފަހުވަގުތު ނޫނެޒްގެ ދެ ލަނޑުން ލިވަރޕޫލް ބްރެންޓްފޯޑް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
19 ޖެނުއަރީ 2025 - 04:18
ގޯލު ޖެހުމަށްފަހު ނޫނޭޒް އުފާފާޅުކުރަނީ. ފޮޓޯ: ލިވަރޕޫލް
ގޯލު ޖެހުމަށްފަހު ނޫނޭޒް އުފާފާޅުކުރަނީ. ފޮޓޯ: ލިވަރޕޫލް

ޕްރިމިއަރ ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތް ލިވަޕޫލް، ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެއެވެ. މި މެޗުން ލިވަރޕޫލު މޮޅުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަހާފުގައި ކުޅެން ނިކުތް އުރުގުއާއީގެ ޑަރވިން ނޫނޭޒް މެޗުގެ 91 ވަނަ މިނެޓާއި 93 ވަނަ މިނެޓުގައި ޖެހި ލަނޑުތަކުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރު ފެށުނުފަހުން ކުޅުނު 3 މެޗުންވެސް މޮލެއް ނުލިބިވާ މިމެޗުގައި ލިވަރޕޫލަށް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކޯޑީ ގަކްޕޯއަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ. އަދި މެޗުގެ ފަހު ވަގުތުގައި ސަލާޙު އަށްވެސް ވަނީ ގޯލުޖަހާނެ ރަނގަޅުފުރުސަތެއް ލިބި ބޭކާރުވެފައެވެ.

 

ރޭގެ މޮޅާއެކު އެކު ލިވަރޕޫލް އެއްމެޗު މަދުން ކުޅެ، ދެވަނައިގައި އޮތް އާސެނަލްއާ ދެމެދު 6 ޕޮއިންޓުގެ ތަފާތެއް ގެނެސްފައިވެއެވެ. އާރސެނަލް ރޭގެ ކުޅުނު މެޗުގައި އެއްވަރުވެފައެވެ. އެހެންކަމުން ލިވަރޕޫލް އަށް ވަނީ އާރސެނަލް އާއި 9 ޕޮއިންޓުގެ ފަރަގެއް ހޯދުމުގެ ފުރުސަތު ލިބިފައެވެ.

 

މީގެ އިތުރުން ތާވަލުގެ 4 ވަނައިގައިވާ ނިއުކާސަލް ވެސް ވަނީ ބޯންމައުތު އަތުން 4-1 އިން ބަލިވެފައެވެ. ލީގު ތާވަލުގެ 3 ވަނައިގައި މިވަގުތު އޮތީ ނޮޓިންގްހަމް ފޮރެސްޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | 3 މަސް ކުރިންފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 7 މަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 7 މަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 7 މަސް ކުރިން