logoEN
ޚަބަރު

ޒުވާނުންގެ ޕްރޮގްރާމްތައް ހިންގުމަށް ޖާގައިގެ ދަތިކަންދިމާވެފައި

އާމިނަތު ސަފާއާމިނަތު ސަފާ

19 ޖެނުއަރީ 2025 - 05:35

ޒުވާނުންގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށް މަދަނީ ޖަމްއިއްޔާތަކުން ފާހަގަކޮށްފިއެވެ.

މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރައްވާފައިވާއިރު

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޒުވާނުންގެ އިތުރުވެހީގައެވެ.

މި ބައްދަލުކުރެއްވުމުގައި 100އަށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށް މަދަނީ ޖަމިއްޔާތަކުން ފާހަގަކުރިއިރު އެކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރުވަނީ ދެއްވާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން އެމައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރެއްވިއިރު މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

ކޮމެންޓް

871x217_placeholder