logo
MPL

MPL

ޚަބަރު

އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ޖުލައި 2025 - 03:03
އަންނަ މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށަނީ

ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އަންނަ މަހުން ފެށިގެން ފައްޓަވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ، "އަހާ" ސިލްސިލާގެ 6 ވަނަ ފޯރަމް ރޭ ވަނީ ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ދިވެހި ފަންނުވެރިކަމަށް ދިރުމެއް ގެނެސް، އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމަށެވެ.

ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، ފަންނުވެރިންނަށް މި އެހީ ދިނުމަށް ބޭނުންވާ އުސޫލުތައް ފަންނުވެރިންގެ ލަފައާއެކު މިހާރު ވަނީ އެކުލަވާލާފައެވެ. އަދި މިހާރު އެކަމުގެ ޤަވާއިދުތައް ހަދަމުންދާ ކަމަށާއި، މި އެހީއަށް އެދި ހުށަހެޅޭނީ ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަންނުވެރިންނަށް ޚާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެތަން މި އަހަރު ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެއާއެކު ފަންނުވެރިންގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ދިވެހި ފަންނުވެރިކަން ކުރިއަރުވައި ފަންނުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާ މުހިންމު ސިޔާސަތެކެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އެކްސްޕޯ ވަރަށް ކާމިޔާބު, އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީ %15 އަށް ގެންދިއުންޚަބަރު | 2 ގަޑިއިރު ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީން ކަނޑު ގެއްލުވާލި މައްސަލަ: އިހުމާލު ބަލައި ފިޔަވަޅު އަޅަން ކޮމިޝަނެއް އުފައްދައިފިޚަބަރު | 2 ދުވަސް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތް ބަލައިގަތުމުން ރައީސްގެ ޝުކުރުޚަބަރު | 2 ދުވަސް ކުރިން