logo
Bank of Maldives

Bank of Maldives

ޚަބަރު

އަދީބަށް ލުއިދިން އެއްބަސްވުންތައް އުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖެނުއަރީ 2025 - 17:58
އަދީބަށް ލުއިދިން އެއްބަސްވުންތައް އުވާލައިފި

ރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ދައުލަތުން ލުއިދީ، ހަދާފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ޖުމްލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އެއީ:

1. ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު

2. މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީ

3. މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް

4. ގ. އޮއިވާލި، މުޙައްމަދު ޙުސައިން

ޕީޖީ އޮފީހުން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހަދާފައިވާ އިމުއިނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން އުވާލަން ޕީޖީ އައްބާސް ޝަރީފް މިއަދު ނިންމަވާފައިވާ ކަމަށެވެ.

ޒިޔަތާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އުވާލާފައިވާ ކަން ވެސް ޕީޖީ އޮފީހުން ބުނެފަވެއެވެ.

މި އެއްބަސްވުންތަކުގެ ބޭނުމަކީ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުންކަމަށް ވިޔަސް، އެއްބަސްވުން ހަދައިފައިވާ މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތަކުން މަޢުލޫމާތުދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއްބަސްވުންތައް އުވާލަން ނިންމީ އެސަބަބާހުރެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެއްބަސްވުންތައް ނިމުމަކަށް އައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ޕީޖީ އޮފީހަށް ހުށަހެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ އިދާރާގައި ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ރެކޯޑެއް، އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 6 ފަހަރު ލިބުނު ގައުމަކީ ހަމައެކަނި ރާއްޖެރިޕޯޓް | 2 މަސް ކުރިންއެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | 4 މަސް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | 4 މަސް ކުރިންކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފިޚަބަރު | 5 މަސް ކުރިން