ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކި ބަލައިގަތުމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


20 ޖެނުއަރީ 2025 - 07:43
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓު ނިންމާފައިވާއިރު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ މި ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ.މައްސަލަ ހުށަހަޅާފައިވާއިރު ރިވިއުކޮށްދޭން ޔާމީންގެ ފަރާތްޕުޅުން ޕީޖީގައި ވަނީ އެދިފައެވެ.
މިއަދު ބޭއްވިޝަރީއަތުގައި ދައުލަތުން ވަނީ އައު ހެކި ހުށަހަޅާފަ އެވެ. ހެކި ހުށަހަޅެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފިއު ވިދާޅުވީ އައު ހެކި ހުށަހެޅި ދަށު ކޯޓުގައި ހެކިބަސް ދިން ހެކިވެރިޔާ ދިނީ ސީދާ ދޮގު ހެކިބަހެއްކަން ސާބިތު ކުރުމަށް ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި ދައުލަތާއި ޔާމީންގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ހައިކޯޓުން ނިންމާފައި ވަނީ އޭރު ޔާމީން ހުށަހެޅި ހެކިން ހެދީ ދޮގު ކަން އެނގި ހުރެ އެކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ.އަދި ދޮގު ހެކި ދިންކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކި ބަލައި ނުގަންނަން ހައި ކޯޓުން ނިންމީ ދަށު ކޯޓަށް އެ ހެކިތަކަށް ރިއާޔަތް ކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ.
ހުލާސާ ބަޔާން އިއްވަމުން ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތުން އާ ހެކިތައް ހުށަހަޅާފައި ވަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މީގެ އިތުރުން، 52 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައިވެސް ވެއެވެ.
މައްސަލަތައް ރިވިއުކޮށްދޭން އެދި ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޖުމްލަ 539 ޝަކުވާއެއް ޕީޖީ އޮފީހަށް ޔާމީންގެ ފަރާތުން ހުށަހެޅި އެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ބައިސްކަލު ލޭނާއި ޑިގު ގަނޑު
7 މަސް ކުރިން
''ޔާމީނުގެ ބަސްމަގު ވެއްޓިފައިވާ ހާލަތުން ވެގެން އުޅޭގޮތް ރައްޔިތުންނަށް ސާފުވާނެ''
7 މަސް ކުރިން
މިސާލު ދައްކަންވީ މީހުން ދުރޫސުލްއަޚްލާޤުގައި ހިފެހެއްޓުން
7 މަސް ކުރިން