logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާގައި ޓިކްޓޮކް މަނާކުރުން ފަސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖެނުއަރީ 2025 - 02:17
އެމެރިކާގައި ޓިކްޓޮކް މަނާކުރުން ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގައި 75 ދުވަހަށް ޓިކްޓޮކް ބަންދުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފިއެވެ.

ޓިކްޓޮކް ބޭނުންކުރުމަށް އިތުރު ދުވަސް ދެއްވާނެކަމަށް ޓްރަމްޕް ވަނީ އާދީއްތަ ދުވަހު ވަޢުދުވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޤައުމުގައި 75 ދުވަހަށް ޓިކްޓޮކް ބަންދުކުރުން ފަސްކުރުމުގެ އަމުރުގައި ސޮއިކުރަށްވައިފިއެވެ.

މި އަމުރުން އެ ޤައުމުގައި ފާސްކޮށް، ކުރީގެ ރައީސް ބައިޑަން ތަންފީޒުކުރުމަށް ސޮއިކުރެއްވި "ފޮރިން އެޑްވަރސަރީ ކޮންޓްރޯލްޑް އެޕްލިކޭޝަންސް އެކްޓް" ތަންފީޒު ނުކުރުމަށް ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް އަންގާފައެވެ.

މި ޤާނޫނުގެ ދަށުން ޖެނުއަރީ 19 އިން ފެށިގެން، އެމެރިކާ ނުވަތަ އެމެރިކާގެ އެކުވެރި ޤައުމެއްގެ ގަންނަ ފަރާތަކަށް ނުވިއްކާނަމަ، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ޖެހުނުނަމަވެސް، މި ޤާނޫނުން އެ ޤައުމުގެ ރައީސަށް ބަންދުކުރުން ތަންފީޒުކުރާނެ ގޮތުގެ މައްޗަށް ފުޅާ އިޚްތިޔާރެއް ދީފަވެއެވެ.

"އަދި ހަނދުމަފުޅު ބަހައްޓަވާ، ޓިކްޓޮކްއަކީ ގިނައިން ކުޑަކުދިންނާއި ޅަ ކުދިންނާ ބެހޭ އެއްޗެއް. ޗައިނާއިން ޅަ ކުދިންނާ ބެހޭ މަޢުލޫމާތު އެއިން ހޯދަން އުޅޭނަމަ، ތެދުތެދަށް ބުނަންޏާ، އަހަރެމެންނަށް އެއަށްވުރެ މާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އަހަރެން ދެކެން،" މިކަމާއި ގުޅިގެން ޓްރަމްޕް ޓްރަމްޕް ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރިހާ އުޅަނދަކަށް ދަތުރުކުރެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރުދުނިޔެ | 8 ދުވަސް ކުރިންޓްރަމްޕް އަވަހާރަކޮށްލައި، ދަރިކަލުން ބެރަންގެ ބޯ ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިން މީހަކަށް ދައުވާކޮށްފިދުނިޔެ | 9 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 10 ދުވަސް ކުރިންއެމެރިކާގެ މިނިވަން ނޫސްވެރިޔާ ކިޓްލްސަން އިރާގުގައި ކިޑްނެޕްކޮށްފިދުނިޔެ | 20 ދުވަސް ކުރިން