ރޫހާނީ ފަރުވާގެ ނަމުގައި އޮޅުވާލުމުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް

.jpg&w=3840&q=75)
21 ޖެނުއަރީ 2025 - 06:13
""މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައިގައި، އެ މީހާ އަތުލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ފަށައިފައެވެ.ފުލުހުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތް ހޯދައި އަތުލައިގަތުމުގެ މަސައްކަތްވެސް ހިމެނެއެވެ."ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް," ފުލުހުން ބުންޏެވެ.އަދި މިފަދަ އިޝްތިހާރެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ޢާންމުންނަށް ގޮވާލާފައިވެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތާ ބެހޭ އިތުރު މަޢުލޫމާތު ލިބިއްޖެނަމަ، އެ މަޢުލޫމާތު ވެސް ފުލުހުންނާ ހިއްސާކުރުމަށް އެދިފައިވެއެވެ.ރޫހާނީ ފަރުވާގެ ނަމުގައި ހިންގޭ މިފަދަ އޮޅުވާލުންތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަންކަމުން ރައްކާތެރިވުމަށާއި، ފުލުހުންގެ މަސައްކަތަށް އެހީތެރިވެދިނުމަށް ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ލިބުމުން ޢާންމުންނާ ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯ ޑްރަގް އަތުލައިގެންފި
5 މަސް ކުރިން
ކަމަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި
5 މަސް ކުރިން
ވަގަށް ނަގާފައިވާ 2 މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި
4 މަސް ކުރިން