logoEN
ދުނިޔެ

ޙަމަލާތައް ހުއްޓާލަން އެއްބަސްވި ނަމަވެސް، އިޒްރޭލުން ހުޅަނގު އައްސޭރިއަށް އަރައި 6 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ /  އަލް ޖަޒީރާ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ / އަލް ޖަޒީރާ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

21 ޖެނުއަރީ 2025 - 13:51

ޔަހޫދީ ދައުލަތް އިޒްރޭލުން ޙަމާސްއަށް ކަމަށް ބުނެ ދެމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް އަރައި ހަ މީހަކު ޝަހީދުކޮށްލައިފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާއަށް އަމާޒުކޮށް ދެމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވި ފަހުން، އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް ޢަމާޒުކޮށް ރެއިޑުތަކާއި ޙަމަލާތައް ދެމުންނެވެ.

އެގޮތުން މިއަދު ވެސް ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް ހިންގި ރެއިޑެއްގައި ހަ މީހަކު ޝަހީދުކޮށް، އެތައް ބަޔަކަށް ވަނީ އަނިޔާދީފައެވެ. އަދި އެތައް ބަޔަކު ވަނީ އިޒްރޭލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

އިޒްރޭލުން އެފަދައިން ޢަމަލުކުރަމުންދާއިރު، ޙަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން، ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ވެސް އިޒްރޭލުން ވަނީ ޙަމަލާދީފައެވެ. އެ ޙަމަލާތަކުގައި ވެސް 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާއިރު، ޙަމަލާގެ އެއްބަސްވުމާ ޚިލާފު ގިނަ ކަންކަމެއް އިޒްރޭލުގެ ސަރުކާރުން ދަނީ ހިންގަމުންނެވެ.

އެގޮތުން ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ސަރަޙައްދުގައި ޑްރޯންތައް ދުއްވުމަކީ މަނާކަމެއްކަމުގައި ވީ ނަމަވެސް، އިޒްރޭލުން އަދި ވެސް ގެންދަނީ އެ ސަރަޙައްދުގައި ޑްރޯންތައް އޮޕަރޭޓްކުރަމުންނެވެ. އަދި ޣައްޒާގެ ސަރަހައްދުގައި އަދި ވެސް އެކި އެކި ޖަރީމާތައް އިޒްރޭލުން ދަނީ ހިންގަމުންނެވެ.

އިޒްރޭލާއި ޙަމާސްއާ ދެމެދު ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ އެއްބަސްވުމަށް ޢަމަލުކުރަން ނިންމީ، ޤަތަރު މެދުވެރިއަކަށް އޮވެ، ޙަމާސް އާއި އިޒްރޭލުގެ ޔަހޫދީ ދައުލަތުގެ ވެރިންނާ އެކު ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.

ކޮމެންޓް

871x217_placeholder