logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

އަޙްމަދު ޒަލީފް
21 ޖެނުއަރީ 2025 - 14:21
މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

މިއަހަރުގެ މާރޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް އިން ގެންދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރ. އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ޙަސަނެވެ. އަދި އަނގޮޅިތީމުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

އަނގޮޅިތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޓީއެމްގެ ޚިދުމަތާއެކު ކަމަދޫ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް ޚަބަރު | އަހަރެއް ކުރިންވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިންހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިން5 މަސްތެރޭގައި 28 އޭޓީއެމް، މިއަހަރު ނިމޭއިރު 250 އަށް އަރާނެ ޚަބަރު | އަހަރެއް ކުރިން