އޭޓީއެމްގެ ޚިދުމަތާއެކު ކަމަދޫ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް
11 އޯގަސްޓު 2025 - 09:37

ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް ފަށްޓަވާދެއްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ގިނަ ރަށްތަކެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

Ad by Hajj Corporation
ބ. ކަމަދޫގައި އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވީ ބ. އަތޮޅަށް ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ކުރި ޒިޔާރަތުގެ ތެރެއިންނެވެ.
މި މަޝްރޫޢަކީ ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށުން ހިދުމަތެކެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓައި މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.


