logo
Bank of Maldives

Bank of Maldives

ޚަބަރު

ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުތައް ހެދުން މުޙިއްމު - ރައީސް

އަޙްމަދު ޒަލީފް
11 އޯގަސްޓު 2025 - 07:48
ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުތައް ހެދުން މުޙިއްމު - ރައީސް

ވީހާވެސް ބޮޑަކަށް ގުދުރަތީ ރީތިކަން ބެލެހެއްޓޭގޮތަކަށް، ގުދުރަތީ ރީތިކަން ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ބ.އަތޮޅަށް ހޯމަ ދުވަހު، ރައީސް ޑރ މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހާއްސަކޮށް ފަތުރުވެރިކަން ތަރައްގީ ވަމުން އަންނަ ރަށްރަށުގައި ވީވަރަކުން ގުދުރަތީ ރީތިކަން އެގޮތުގައި އޮންނާނެ ގޮތައް މަގުތައް ވެސް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

"ކޮންމެހެން މާ ހާޑް ސާފޭސްއެއްގެ ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން މަގުތައް ހެދުމަކީ، މާ މުހިންމު ކަމެއް ނޫން. އަދި އެހާ ރަނގަޅު ކަމެއްވެސް ނޫން. ޚާއްޞަކޮށް، ޓޫރިޒަމްގެ ގެސްޓްހައުސްތައް ވަރަށް ބައިވަރު ޑިވެލޮޕްވަމުން އަންނަ ރަށްރަށުގައި، ވީހާވެސް ބޮޑަކަށް ގުދުރަތީ ރީތިކަން ބެލެހެއްޓޭގޮތަކަށް، ގުދުރަތީ ރީތިކަން ނެތިގެން ނުދާ ގޮތަށް މަގުހެދުމަކީ މުހިންމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ރައްޔިތުން ބޭނުންފުޅުވަނީ، މަގުތައް ރީތިކޮށް ބޭއްވިފައި، އެހެންނަމަވެސް ފެން ބަރާބަރަށް ހިނދޭ، ޑްރެއިނޭޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށްވަންޏާ، އެ ކޮންސެޕްޓްގައި އެކަން ކުރިއަށްދާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށާއި މީގެކުރިން އަތޮޅުގެ ތަރައްޤީ އައުމުގައި، ކަމަދޫ އޮންނަނީ، ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ނަމަވެސް އެ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާ އެކީގައި ތަރައްޤީ ގެނެސްދިނުމުގެ ސިޔާސަތެއް އެމަނިކުފާނުގެ ސަރުކާރުން ތަންފީޒުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކަމަދޫ މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާގޮތަށް، އިޤްތިޞާދީ ގޮތުން ބޭނުންވާ ކުރިއެރުމާއި، އިތުރު ކުރިއެރުމެއް ލިބޭގޮތަށެވެ. ކަމަދޫ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 6 ގަޑިއިރު ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | ދުވަހެއް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 2 ދުވަސް ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 3 ދުވަސް ކުރިން