logo
Bank of Maldives

Bank of Maldives

ޚަބަރު

ކަމަދުއަށް ސީޕްލޭން ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ނުހާ އަޙްމަދު
11 އޯގަސްޓު 2025 - 07:11
ކަމަދުއަށް ސީޕްލޭން ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ބ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަ އިބްރާހީމް އިޔާސްއެވެ. އަދި ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ހުސެއިން އަމަންއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސީޕްލޭންގެ ހިދުމަތް ފެށިގެންދިއުމުން އެރަށުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation



"ސީޕްލޭންގެ ހިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީކުރުމުގެ މަ ސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިގްތިސާދީ ފައިދާއެއް ކުރާނެ ކަމެއް"



ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ. މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް ކަމަދޫގައި އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނެރެދީފައިވާ ރަށެވެ.

މީގެ އިތުރުން ކަމަދޫ ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފައެވެ. ރައީސް ވިދާޅުވީ، ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއްކަމަށެވެ. އެހެންކަމުން ސޮއިކުރި ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި، ވަސީލަތާއި އިމާރާތުގެ ގޮތުން ޖާގަ ތަނަވަސް އިމާރާތެއް ގާއިމްވެގެންދާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 6 ގަޑިއިރު ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | ދުވަހެއް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 2 ދުވަސް ކުރިންސަރުކާރު ކުންފުނިތަކަށް ބިން ދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިޚަބަރު | 3 ދުވަސް ކުރިން