logo
Bank of Maldives

Bank of Maldives

ޚަބަރު

ހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

އަޙްމަދު ޒަލީފް
15 މޭ 2025 - 07:46
ހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ނ.ހެނބަދޫއާއި އެ އަތޮޅު ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ދެ ރަށުގައި އޭޓީއެމް ޤާއިމުކޮށް މި ޚިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާއިރު މި ދެ އޭޓީއެމްގެ ހުޅުއްވައިދެއްވީ މި ސަރުކާރުގެ އިކޮނިމިކް މިނިސްޓަރ މުހައްމަދު ސަޢީދުއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދުގެ އިތުން ބީއެމްއެލްގެ އިސްވެރިންނާއި ނ.އަތޮޅުގެ 3 މަޖިލިސް މެމްބަރަކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ދަށުން ވަރަށް ގިނަ ރަށްރަށުގައި މިހާތަނަށް އޭޓީއެމް ބަހައްޓާފައިވާކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

IMG_6944.jpeg

އޭޓީއެމްގެ ޚިދުމަތް ފެށުމަށްފަހު މިނިސްޓަރ ސަޢީދު ކުރެއް ވި އެފްބީ ޕޯސްޓް

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރުޢު ފެށިފަހުން މިވީ ގާތްގަނޑަކަށް 5 މަސް ދުވަހުގެ ތެރޭގައި 28 އޭޓީއެމް ބީއެމްއެލްއިން ވަނީ ބަހައްޓާފައެވެ. މިވަގުތުވެސް 6 އަތޮޅެއްގެ 40 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ބީއެމްއެލްއިން މިދިޔަ މަސްތެރޭގައި ވިދާޅުވެއެވެ.

IMG_6937.jpeg

ނ.ކުޑަފަރީ އޭޓީއެމްގެ ޚިދުމަތް ފެށުން

މިއާއެކު އަހަރު ނިމޭއިރު ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނާނެކަމަށް ބޭންކުން ވިދާޅުވެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށް ފެށި މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އޭޓީއެމްގެ ބޭނުން ކުރާ ހުރިހާ ފަރާތަކުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ވަކި ކަންކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ބާވެފައިވާ ފައިސާއާއި، ފައިސާ ނޫޓު ނޫން އެހެން އެއްޗެތި ނުލުމާއި ވަކި ލާރި ނުލުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނދިކުޅުދޫ އާއި ހެނބަދޫ ކުޑަކުދިންގެ ޕާކު ހުޅުވައިފިޚަބަރު | 3 ގަޑިއިރު ކުރިންއޭޓީއެމްގެ ޚިދުމަތާއެކު ކަމަދޫ ރައްޔިތުންނަށްވެސް ބޮޑު ފަސޭހައެއް ޚަބަރު | އަހަރެއް ކުރިންވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިންހެނބަދޫއާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި ޚަބަރު | އަހަރެއް ކުރިން