logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި

އަޙްމަދު ޒަލީފް
15 މޭ 2025 - 10:35
ވަޢުދު ރަނުން ރަނަށް: ލަންދޫގައި އޭޓީއެމް ޤާއިމުކޮށް، ޚިދުމަތް ފަށައިފި

ނ.ލަންދޫ ރައްޔިތުން އެދޭގޮތަށް، އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައިވާ ޔަޤީންކަމާ އެއްގޮތަށް މިއަދު ލަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް އެރަށުގައި އިފްތިތާޙުކޮށްދެއްވީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ޤާއިމުކުރުމަށް ކައުންސިލުން ހުއްދަ ނުދިނުމާ ގުޅިގެން، އެރަށުގައި މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

އޭޓީއެމް ޤާއިމުކުރުމަށް ކައުންސިލުން ހުއްދަ ނުދިނުމަށް ނިންމާފައިވަނީ، "އޭޓީއެމް ފޮޅާ ސާފުކުރުމުގެ ޒިންމާ ކައުންސިލުން އުފުލަން ބޭނުންނުވާތީ" އެވެ. އަދި ކައުންސިލްގެ މި ނިންމުމާ ކައުންސިލް މެމްބަރުންގެ ތެރެއިން ހަމައެކަނި ދެކޮޅު ހައްދަވާފައިވަނީ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުޙައްމަދު އެކަންޏެވެ.

ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ލަންދޫގައި އޭޓީއެމްއެއް ޤާއިމުކުރުމަށް ކަމަށާއި އަދި މިކަމުގައި ކައުންސިލުން އެއްބާރުލުން ދިނުމަށް ރައްޔިތުން އެދެމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މަންސޫރު ވަނީ އޭރުވެސް ވިދާޅުވެފައެވެ. ކައުންސިލާއި ރައްޔިތުންނާ ދެމެދު ޚިޔާލުތަފާތުވެފައި އޮތް ނަމަވެސް ރައްޔިތުންގެ ވިސްނުމަށް އިސްކަންދެއްވާނެ ކަމަށާއި، އެގޮތުން ޑރ މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި އެ ރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު ޙުސްނީ މުބާރިކްވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

big_BQu3gK8cgIyjABauLKC6ZNSY6.jpeg

އޭޓީއެމްގެ ޚިދުމަތް ހޯދުމަށް ލަންދޫ ރައްޔިތުން ކުރި އިޙްތިޖާޖުގެ ތެރެއިން

އެންމެފަހުން، ލަންދޫ ރައްޔިތުން ދެކެމުން އައި ހުވަފެން ނިމުމަކަށް ގެނެސް، މިއަދު ވަނީ އެ ރަށުގައި މި ޚިދުމަތް ފަށާފައެވެ. މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކްގެ އިސްވެރިންގެ އިތުރުން، އެ އަތޮޅަށް ނިޞްބަތްވާ 3 މަޖިލިސް މެމްބަރަކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށް ފެށި މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ފައިސާ އިތުރުވާން މަގު ފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

އޭޓީއެމްގެ ބޭނުން ކުރާ ހުރިހާ ފަރާތަކުންވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް ވަކި ކަންކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ބާވެފައިވާ ފައިސާއާއި، ފައިސާ ނޫޓު ނޫން އެހެން އެއްޗެތި ނުލުމާއި ވަކި ލާރި ނުލުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަޝިޕަށް ބަދަލުތަކެއްވިޔަފާރި | 5 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ބީއެމްއެލް އިން 478 މިލިޔަން ޑޮލަރު ވިއްކައިފިޚަބަރު | 8 ދުވަސް ކުރިންއޭބީއޭގެ ޗެއާމަންކަމަށް ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިޚަބަރު | 9 ދުވަސް ކުރިންއޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައިޚަބަރު | 10 ދުވަސް ކުރިން