logo
Bank of Maldives

Bank of Maldives

ޚަބަރު

ކެނދިކުޅުދޫ އާއި ހެނބަދޫ ކުޑަކުދިންގެ ޕާކު ހުޅުވައިފި

އަޙުމަދު ރިޝާން
9 އޯގަސްޓު 2026 - 06:20
ކެނދިކުޅުދޫ އާއި ހެނބަދޫ ކުޑަކުދިންގެ ޕާކު ހުޅުވައިފި

ނ. ކެނދިކުޅުދޫ އާއި ނ. ހެނބަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި އެވެ.

ކެނދިކުޅުދޫ ޕާކު ހުޅުއްވައިދެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެމްޑީ އިބްރާހިމް ނަޡީމެވެ. އަދި ހެނބަދޫ ޕާކު ހުޅުއްވައިދެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޢަފީފް ޙުސައިން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-08-08 at 8.30.50 PM-1786250431033.webp

 

 ހައުސިންގް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްގީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ އިތުރުން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މިނިސްޓްރީން ބުނީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށް އަދި ދެވަނަ ބެޗްގައި 32 ރަށެއް ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނދިކުޅުދޫ އާއި ހެނބަދޫ ކުޑަކުދިންގެ ޕާކު ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންއެތައް އަހަރެއް ފަހުން ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ މަންޑި މެޗު ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގެ ތެރެއަށްޚަބަރު | 2 މަސް ކުރިން ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީޚަބަރު | އަހަރެއް ކުރިންދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސްޚަބަރު | އަހަރެއް ކުރިން