logo
Bank of Maldives

Bank of Maldives

ޚަބަރު

ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2025 - 18:26
   ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

ނ. ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ނުވަތަ އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

މިކަން އަންގައި ކެނދިކުޅުދޫ ކައުންސިލުން އާންމުކުރި ޢިއުލާނެއްގައި ވަނީ، މިފަދަ ޢަމަލެއް ކުރާތަން ފެނިއްޖެނަމަ ކައުންސިލަށް ރިޕޯޓްކޮށްދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެނދިކުޅުދޫ ކައުންސިލުން ބުނި ގޮތުގައި، ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އެޅުމުގެ ސަބަބުންނާއި ފަތްކުނި ގިނަވުމުގެ ސަބަބުން އުފެދިފައިވާ ކުނި ގޮނޑުތައް ނަގާ، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށްވަނީ ފަހުގެ ތާރީޚެއްގައި ސާފުކޮށްފައެވެ. ނަމަވެސް، މިގޮތަށް ސާފުކުރެވުނު ސަރަހައްދުތަކަށް އަލުން ކުންޏާއި، މިނޫންވެސް އެހެނިހެން ތަކެތި ނެރެ ބަހައްޓައި، ގޮނޑު ކުރަމުންދާކަމުގެ ޝަކުވާ ދަނީ ކައުންސިލަށް ލިބެމުންނެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، މިކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނާއި، ކެނދިކުޅުދޫ ކައުންސިލުގެ ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދުގައި މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމެކެވެ. އެހެންކަމުން، މިފަދަ ޢަމަލުތައް ހުއްޓުވުމަކީ މި ދެންނެވުނު ގަވާއިދާއި، ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެހެންކަމުން މިފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތައް ފާހަގަ ކުރުމަށްފަހު އެފަރާތްތަކާއި މެދު ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި، މިފަދަ ޢަމަލެއް ކުރަމުންދާތަން ފެނިއްޖެނަމަ ލަސްނުކޮށް ކައުންސިލުގެ ހޮޓްލައިން 6560013 އަށް މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.

މީގެއިތުރުން، ހޭޅިފަށާއި ގޮނޑުދޮށުގައި އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް ނުވަތަ އެއްޗެއް ބަހައްޓާފައިވާނަމަ 2 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ. މިމުއްދަތުގެ ތެރޭގައި ނުނަންނަގާ ހުރި ތަކެތި ކުނީގެ ގޮތުގައި ކަނޑައަޅާ، ނައްތާލެވޭނެކަމަށްވެސް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެތައް އަހަރެއް ފަހުން ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ މަންޑި މެޗު ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގެ ތެރެއަށްޚަބަރު | 3 ގަޑިއިރު ކުރިން ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީޚަބަރު | 8 މަސް ކުރިންދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސްޚަބަރު | 10 މަސް ކުރިންރަށުގެ މަލަމަތީގެ ރީތިކަން ގެއްލޭތީ ކެނދިކުޅުދޫގެ ހޭޅިން އެއްވެސް ގަހެއް ނުކަނޑަން އެދެފި ޚަބަރު | އަހަރެއް ކުރިން