logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފި

އަޙްމަދު ޒަލީފް
22 ޖެނުއަރީ 2025 - 13:11
ރަސްމާދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފި

ރ. ރަސްމާދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ރަސްމާދޫ ކައުންސިލު އިދާރާގެ އައު އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ރަސްމާދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަސްމާދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޢާޞިފް ވަނީ އެރަށުގެ ކައުންސިލް އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާ، އައު އިމާރާތެއް އެރަށުގައި ޤާއިމުކޮށްދެއްވުމަށް މި ސަރުކާރުން ނިންމެވިކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

ކައުންސިލް އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފަވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެވެ. މި 55 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.

މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ކައުންސިލެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްވެސް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ މަހުގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް ތައާރަފުކޮށްފިވިޔަފާރި | މަހެއް ކުރިންއިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދައްކައިފިޚަބަރު | 2 މަސް ކުރިންއިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިޚަބަރު | 2 މަސް ކުރިންރަސްމާލެއިން 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | 4 މަސް ކުރިން