logo
E-Platinum
ޚަބަރު

ކަސްޓަމްސް އިން ހިފެހެއްޓި ރޯލިންގް ޓޮބޭކޯ ޝިޕްމަންޓު ދޫކޮށްލައިފި

ހުސައިން ވަސީމް
22 ޖެނުއަރީ 2025 - 12:43
ކަސްޓަމްސް އިން ހިފެހެއްޓި ރޯލިންގް ޓޮބޭކޯ ޝިޕްމަންޓު ދޫކޮށްލައިފި

ކަސްޓަމްސް އިން ހިފެހެއްޓި ރޯލިންގް ޓޮބޭކޯ ޝިޕްމަންޓު ދޫކޮށްލައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހު ރާއްޖެ އެތެރެ ކުރި ޝިޕްމަންޓްގައި ހިމެނެނީ ދުންފަތް އޮޅުމަށ ްބޭނުންކުރާ ކަރުދާހާއި އޭގެ ފިލްޓަރާއި ދުންފަތް ޕެކެޓެވެ.

ކަސްޓަމްސް އިން މި ޝިޕްމަންޓު އޭރު ހިފަހައްޓާފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އެންގުމުންނެވެ.

ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ އެތަކެތި ދޫކޮށްލީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުން ކަމަށާ އެހެންވެ، އެއީ ގާނޫނާ ހިލާފް ކަމަކަށް ނުވާތީ އެތަކެތި މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާ އަކީ ތަންފީޒީ އިދާރާއެއްކަމަށްވާތީ ކަސްޓަމްސުން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ. ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއަރކުރާ މަރުހަލާގައި، ކަސްޓަމްސުން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެ މުދަލެއް ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުންގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް އަދި ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ވަނީ މަނާ ކޮށްފަ އެވެ.

އެ ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމާއެކު، ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ. އަދި ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ، އެކަންކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ވަނީ ދީފައެވެ.

އެ ގާނޫނާ ހިލާފުވެގެން މިހާތަނަށް 12 މީހަކަު ޖޫރިމަނާ ކޮށްފައިވެ އެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަން ރުފިޔާ ނުލިބި އޮތްކަން އޮޑިޓް ރިޕޯޓުން ދައްކައިފިޚަބަރު | 15 ދުވަސް ކުރިން ކަސްޓަމްސްގެ ފުރަތަމަ އޭއީއޯ ސެޓްފިކެޓް އިންނަހުރާ މޯލްޑިވްސް އަށްޚަބަރު | 18 ދުވަސް ކުރިން18 ކިލޯގެ ޑްރަގާއި ހަވާލުވުމަށް ދިޔައީ ބިދޭސީ އެއް، ހައްޔަރުކޮށްފިޚަބަރު | 2 މަސް ކުރިންރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގަނެފިޚަބަރު | 2 މަސް ކުރިން