logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ މީހުން ގިނަ ޕާޓީ އަކަށް ޕީއެންސީ

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި--ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި--ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މީހުން ގިނަ ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެއްޖެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރިގޮތުގައި، ފާއިތުވި އަހަރުގެ ނިޔަލަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ގިނަ މީހުން ހިމެނެނީ ޕީއެންސީގައެވެ. އެއީ ޖުމްލަ 68,968 މެމްބަރުންނާއެކުއެވެ. ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގައިވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރު ހާމަކޮށްފައިވާއިރު، އޭރު ޕީއެންސީގެ ދަފްތަރުގައި ތިބީ 28،000 އެއްހައި މެންބަރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެންމެ ދުވަސްވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މިހާރު ތިބީ 43،755 މެންބަރުންނެވެ.

އެހެން ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު،

  1. ޢަދާލަތު ޕާޓީ: 9،049 މެންބަރުން
  2. ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން
  3. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 12،174 މެންބަރުން
  4. އެމްޑީއޭ: 9،210 މެންބަރުން
  5. އެމްޓީޑީ: 2،359 މެންބަރުން
  6. އެމްއެންޕީ: 6،050 މެންބަރުން
  7. ޑިމޮކްރެޓްސް: 3،667 މެންބަރުން
  8. ޕީއެންއެފް: 2،822 މެންބަރުން

އެމްއާރްއެމްގައި 1،867 މެންބަރުން ތިބޭއިރު، އެ ޕާޓީ އުވައިލުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީއިން ސިޔާސީ ޕާޓިތަކުގެ ދަފްތަރު ހާމަކުރާއިރު، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވަގަށް އެ ޕާޓީގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން ޕީއެންސީއަށް އެ ތުހުމަތުތައް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ދަފުތަރުގައި ހިމަނާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ޕީއެންސީ އިން ބުނެފައިވަނީ، ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަން މިހާރު އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އެމްޑީޕީން ވަނީ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް މެމްބަރުން ވެއްދިކަމަށްބުނެ ޖިނާއީ ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް ވަނީ އެދިފައެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އީސީއިން ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅާނީ އީސީގެ މައި ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް، ނުވަތަ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ޝަކުވާ ޕޯޓަލް މެދުވެރިކޮށެވެ. އަދި، ރަޖިސްޓަރީވެފައިވާޕާޓީގެ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމށވެސް އީސީއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 2 ފޮށި ޚަބަރު | 2 ދުވަސް ކުރިންއަންނަ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއިސްލާމިކް މިނިސްޓްރީން ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން