logo
MPL

MPL

ޚަބަރު

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ސައިޓެއް ހަދަނީ

އަޙްމަދު ޒަލީފް
23 ޖެނުއަރީ 2025 - 14:05
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ސައިޓެއް ހަދަނީ

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ޕަބްލިކް ވޯކްސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާކުރަތު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ އެއް މަރުކަޒު ބެހެއްޓުމަކީ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ އިންފްރާސްޓްރަކްޗާ މަޝްރޫތައް ހިންގަނީ ވަރަށް ގިނަ ހަރަދުތައްކޮށްގެން ކަމަށާއި އެ ތަންތަން ރަނގަޅަށް ބެލެހެއްޓުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މެއިޓެނެންސް މަސައްކަތްތަކާއި ރަށްރަށުގައި ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމުގައި ޕަބްލިކް ވޯކްސް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ޕަބްލިކް ވޯކްސްގެ މޮބައިލް ދެ ޔުނިޓް ހަމަޖެއްސުމަށް ބަޖެޓުގެ ތެރެއިން ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޕަބްލިކް ވޯކްސް ސައިޓުތައް ހެދުމަކީ ބޭކާރުވެގެންދާނެ ހަރަދެއް ނޫން ކަމަށާއި ޕަބްލިކް ވޯކްސް ނިޒާމު ގާއިމުކުރެވުމުން ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ހުންނަ އިންފްރާސްޓްރަކްޗާ ތަންތަން ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 11 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | ދުވަހެއް ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން