logo
Bank of Maldives

Bank of Maldives

ޚަބަރު

އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާއިން

މޯލްޑިވިއަނުން އަލަށް ގެނައި، އެއާބަސް އޭ-330 ގައި ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް--ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަނުން އަލަށް ގެނައި، އެއާބަސް އޭ-330 ގައި ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންތަކެއް--ފޮޓޯ: މޯލްޑިވިއަން

މިއަހަރު މިހާތަނަށްވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހަމައެކަނި ޗައިނާއިން 17,510 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފާއިތުވި ހަފްތާގައި ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ، ލިސްޓުގެ އެންމެ ކުރިއަށް އެރީ، މި ހަފްތާގެ ތެރޭގައި 10،000 ވަރަކަށް ފަތުރުވެރިން އެގައުމުން އައިސްފައިވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗައިނާއަކީ ފާއިތުވި އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެވެ. އެގޮތުން، ޗައިނާއިން ރާއްޖެއަށް 263،042 (ދެ ލައްކަ ފަސްދޮޅަސް ތިން ހާސް ސާޅީސް ދެ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް 17,086 ފަތުރުވެރިންނާއެކު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. މިދިޔަ އަހަރުގެ ނިމުނުއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީވެސް ހަމަ ރަޝިއާއިންނެވެ. މިއީ، 225,204 (ދެ ލައްކަ ފަންސަވީސްހާސް ދުއިސައްތަ ހަތަރު) ފަތުރުވެރިންނާއެކުއެވެ.

ލިސްޓުގެ އިތުރު ގައުމުތަކަށް ބަލާއިރު:

  1. އިޓަލީ – 15,030 ފަތުރުވެރިން
  2. އިނގިރޭސިވިލާތް- 13,091 ފަތުރުވެރިން
  3. ޖަރުމަނުވިލާތް – 8,931 ފަތުރުވެރިން
  4. އިންޑިއާ - 6،902 ފަތުރުވެރިން

 

 ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރު ފެށުނު ފަހުން ރާއްޖެއަށް 146،164 (އެއް ލައްކަ ސާޅީސް ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް ހަތަރު) ފަތުރުވެރިންގެ ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 7،9 އިންސައްތަ އިތުރުވުމެވެ. މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖްއަކީ، ދުވާލެއްގެ މައްޗަށް 6،530 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރާއި އެ ސިނާއަތުގެ ޚިދުމަތްތެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައިން މައްޗަށްޚަބަރު | 11 ގަޑިއިރު ކުރިން13 ދުވަސްތެރޭ ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 2 ދުވަސް ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާޚަބަރު | 4 ދުވަސް ކުރިން