logo
Bank of Maldives

Bank of Maldives

ޚަބަރު

ނިއުމާ: މަ ހާލުގައި ޖެހިގެން ބަދަލުވީ މާލެއިން ހުޅުމާލެއަށް، އޯކޭތަ؟

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖެނުއަރީ 2025 - 15:16
ނިއުމާ: މަ ހާލުގައި ޖެހިގެން ބަދަލުވީ މާލެއިން ހުޅުމާލެއަށް، އޯކޭތަ؟

މިއަދު އެރި އިރާއެކި އެންމެ ހިނގައިގަތް އެއް ވާހަކައަކީ ރާއްޖޭގެ މަޝްހޫރު އަންހެން ފިލްމީ ތަރި ނިއުމާ މުހައްމަދު "ހާލުގައި ޖެހިގެން" މާލެ ދޫކޮށް އެހެން ކޮންމެސް ތާކަށް ދިރިއުޅުން ބަދަލުކުރި ވާހަކައެވެ.

ނިއުމާ އަކީ ފިލްމީ ދާއިރާގައި ތިރީހަކަށް އަހަރު މަސައްކަތް ކުރި ހުނަރުވެރި ފަންނާނެކެވެ. އޭނާގެ ހުނަރުން ފުރިގެންވާ އެތައް ފިލްމުތަކަކާއި، ޑްރާމާ އަދި ލަވަތައް ވަނީ ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ފިލްމީ ދާއިރާއިން ރިޓަޔާ ކޮށްފައިވާ ނިއުމާ ފޭސްބުކްގައި އޭނާގެ އުދާސްތައް ބަންޑުންކޮށްލައި އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާ ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ލިޔުމުން އޮންލައިން ނޫހެއްގައި މިއަދު އެކަން ރިޕޯޓުކުރިއެވެ.

އެ ޚަބަރު ފޭސްބުކްގައި ޝެއާ ކުރަމުން ނިއުމާ ބުނެފައި ވަނީ ބުނެފައި ވަނީ ''މަ ހާލުގައި ޖެހިގެން ބަދަލުވީ މާލެއިން ހުޅުމާލެއަށް، އޯކޭތަ؟'' މިހެންނެވެ.

މިއީ ނިއުމާ ޖެއްސުމަށް ނުވަތަ މަޖަލަކަށް ނުވަތަ ސީރިއަސްކޮށް ބުނި އެއްޗެއް ހެއްޔެވެ؟

ލިބުނު އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ނިއުމާ ދިރިއުޅުން ބަދަލުކުރީ ހުޅުމާލެއަށް ނޫންކަމުން ނިއުމާ މިހެން ލިޔުނު ނިޔަތާއި މެދު ގޮތެއް ނިންމަން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

ކޮންމެއަކަސް ނިއުމާ ދިރުއުޅުން ބަދަލުކުރީ އަތޮޅު ތެރެއަށްކަން އިނގިއްޖެއެވެ. އަދި އޭނާ މިހާރު ހުރީ ފ. އަތޮޅުގެ ވެރިރަށް ނިލަންދޫގައި ކަމަށް ވެސް މުއުތަބަރު މައުލޫމާތެއް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑާކްރެއިން އެންޓަޓެއިންމަންޓުން މިފަހަރު ބެލުންތެރިންނަށް ގެނެސްދެނީ "ޖަންނަތު"!ލައިފްސްޓްއިލް | މަހެއް ކުރިންދިވެހި ފިލްމު "ލިލީ" ވީޑިއޯކްލަބް މެދުވެރިކޮށްސްޓްރީމްކުރަނީލައިފްސްޓްއިލް | މަހެއް ކުރިންއައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީޚަބަރު | 5 މަސް ކުރިން104،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރ ކަލްޑެރާ މަރުވެއްޖެދުނިޔެ | 8 މަސް ކުރިން