logo
ޚަބަރު

ރޯދަ މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވަން މަސައްކަތްކުރަން : ތިނަދޫ ސިޓީ ކައުންސިލް

ރަނާ އަޙްމަދު ފަޔާޒް
26 ޖެނުއަރީ 2025 - 10:18
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ

ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސް ތަކަކަށް ހެދުމަށް މަސައްކަތްކުރާނެކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ބުނެފިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރަމަޟާން މަހު ތިނަދޫސިޓީގެ ރައްޔިތުންގެ ފަރާތުން ފެނިފައިވާ ރިވެތި މިސާލު ފާހަނގަކޮށް ސިޓީގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ރައްޔިތުންނަށް މިފުރުޞަތުގައި ފަށްފަށުން ޝުކުރު ދަންނަވާކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރު ރޯަމަހުވެސް އަޅުކަންތައް އިތުރުކޮށް ރިވެތި އާދަކާދަ އާލާކުރުވަން މަސައްކަތްކުރުމަށް ބައެއް ކަންކަމަށް ސަމާލުވުމަށް އެ ކައުންސިލް އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން އެ ސިޓީގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާން މަހުގެ މަޤްޞަދު ޙާޞިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމާއި، ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން ހިމެނެއެވެ.

މީގެއިތުރުން ވެސް  ދުވަލުގެ ވަގުތުގައި އަދި ރޭގަނޑުގެ ވަގުތުގައި ވެސް އެއްވެސް ކުޅިވަރުގެ ހަރަކާތެއް ނުބޭއްވުމާއި، މުނިފޫހިފިލުވުމަށް އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ވެސް ވަނި އިލްތިމާސްކުރައްވަފައެވެ.

އޮފީސްތަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ކައުންސިލުގެ އިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ދުރާލައި ޙިއްޞާ ކުރުމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން މީގެ އެއްވެސް ކަމަކަށް އަމަލުނުކުރާ ފަރާތެއް ނަމަ އެ ފަރާތަކަށް ކައުންސިލު އިދާރާގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެކަމަށް ވެސް ކައުންްސިލުން ވަނީ ބުނެފައެވެ. އަދި އެފަދަ ފަރާތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ފަރާތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީޚަބަރު | ގަޑިއިރެއް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 2 މަސް ކުރިންތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ ޚަބަރު | 7 މަސް ކުރިންރޯދަ މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވަން މަސައްކަތްކުރަން : ތިނަދޫ ސިޓީ ކައުންސިލްޚަބަރު | 7 މަސް ކުރިން