logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ކުންފުންޏަކުން އުމްރާގެ ގަވާއިދާ ހިލާފުވެގެން ކުރި ޖޫރިމަނާ ދައްކައިފި

ސުދާ ލަތީފް
26 ޖެނުއަރީ 2025 - 10:58
އުމްރާވެރިންތަކެއް
އުމްރާވެރިންތަކެއް

އުމްރާގެ ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރި 19 ކުންފުނީގެ ތެރެއިން ޖޫރިމަނާ ދެއްކީ ހަމައެކަނި ތިން ކުންފުނިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަ ކޮށްފިއެވެ.

މި ކުންފުނިތައް ޖޫރިމަނާކޮށްފައިވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އުމްރާގެ ގަވާއިދާ ހިލާފުވުމުންނެވެ. މި ކުންފުނިތަކުގެ ތެރެއިން، ކުންފުންޏަކުން އުމްރާއަށް ހައްޖުވެރިން ފޮނުވާފައިވާ ކަމަށް ބުނެ ދޮގުހަދައި އެފައިސާ ޑޮލަރުގަތުމަށް ބޭނުންކޮށްފައި ވާކަންވެސް ހާމަވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ޖޫރިމަނާ ކުރި 19 ކުންފުނީގެ ތެރެއިން ހަމައެކަނި ޖޫރިމަނާ ފައިސާ ދައްކާފައިވަނި އެންމެ ތިން ކުންފުންޏަކުންނެވެ. ޖޫރިމަނާ ކޮށްފައިވާ ކުންފުނިތަކަށް ޖޫރިމަނާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ދީފައިވާ މުއްދަތުގެ ތެރެގައި އަމަލުނުކުރާ ކުންފުނިތަކުގެ ނަން ހާމަ ކުރަށްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހު ފެންމަތިވި އަލް ހިޖްރަ ޓްރެވަލްސް އެންޑް ޓުއާސްއާ ބެހޭ މައްސަލައެއްގެ ތަހުގީގަށް ފަހުގައެވެ. މިކުންފުނިންވަނީ ހައްޖުވެރިން އެނބުރި ރާއްޖެއަށް ގެނައުމުގެ ޓިކެޓް ހަމަޖައްސާފައިނުވާކަމަަށާއި އެފައިސާ އެހެން ބޭނުންތަކަށް ބޭނުން ކޮށްފައިވާކަމަށް އެއްބަސްވެފައެވެ.

އަލް ހިޖްރާ ގްރޫޕް 100،000(އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ގްރޫޕުގެ ލައިސަންސް ބާތިލްކޮށް، އެ ގުރޫޕުގައި ބައިވެރިވާ ހިއްސާދާރެއް އޮންނަ އެއްވެސް ކުންފުންޏަކުން ކުރިއަށް އޮތްތާގައި އުމްރާއަށް މީހުން ގެންދިޔުން މަނާ ކުރުމަށް މިނިސްޓްރީ އިންވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''ޚަބަރު | 4 ދުވަސް ކުރިންޤުރުއާނާއި ބެހޭ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިޚަބަރު | 5 ދުވަސް ކުރިންއަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތައް 2 އަހަރުތެރޭ ނިންމަޖެހޭ ގޮތަށް އުސޫލެއް ކަނޑައަޅައިފިޚަބަރު | 7 ދުވަސް ކުރިންދިގުރަށު މިސްކިތްގެ މަސައްކަތް ނުހުއްޓޭ، ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރު ޝަހީމްޚަބަރު | 12 ދުވަސް ކުރިން